Live 6,010 stories Updated Sep 8, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ކައުންސިލުން ބާ ޖަމާލުއްދީނުގައި ކުރާ މަސައްކަތްތައް ހުއްޓާލަން އެންގީ ރައްޔިތުންނަށް ފަސޭހައެއް ވާން ސަރުކާރުން ބޭނުން ނުވާތީ: މޭޔަރު އާޒިމް

ބާ ޖަމާލުއްދީން ހުރި ބިމުގައި މާލޭ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ހައުސިންގ މިނިސްޓްރީ އިން އެންގީ، ކައުންސިލުގެ ފަރާތުން ރައްޔިތުންނަށް ފަސޭހަ ކޮށްދޭތީ އެކަން ހުއްޓުވާލުމަށް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެއް ކަމަށްވާ ހައްސާން ވަހީދުއަށް މަސައްކަތެއް ނުކޮށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މުސާރަ ދޭތާ 4 މަސް ވެފައިވާކަން ހާމަވެއްޖެ އެވެ.

އަބްދުއްރަހީމް ބައްލަވައިގަތް ރެހެންދީ ފްލެޓަކީ ވިޔަފާރި ވެރިއަކަށް ހުޅުމާލެއިން ބިމެއް ހޯދައިދީގެން އޭގެ ބަދަލުގައި ލިބުނު ތަނެއް: ރައީސް ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައްލަވައިގަތް ރެހެންދީ ފްލެޓަކީ ވިޔަފާރި ވެރިއަކަށް ހުޅުމާލެއިން ބިމެއް ހޯދައިދީގެން އޭގެ ބަދަލުގައި ލިބުނު ތަނެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯ ސެކްޝަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި އެވެ.

ތިން މިނިސްޓްރީގައި ރޯވި އަލިފާނުގެ ޙާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާކަމަށް ޔާމީން ފުލުހުންނަށް ލިއުމުން އަންގަވައިފި

މާލޭގައި ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ އިމާރާތުގައި ރޯވި އަލިފާނާ ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީނު ފުލުހުންނަށް މައުލޫމާތު ދެއްވައިފި އެވެ.

ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާބެހޭ މައްސަލައިގެ މަޝްވަރާއަށް ވަޑައިގަތުމަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސް ދައުވަތު ދެއްވައިފި

ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރުކަމާބެހޭ މައްސަލައިގައި މަޝްވަރާ ކުރެއްވުމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު އެންޑީ ބާންހަމް އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފި އެވެ.

"ހުރިހާ ދިވެހިންނަކީ ރިސޯޓު ޝެއާހޯލްޑަރުންނަށް ހެދުމުގެ މަޝްރޫއު ނޮވެމްބަރުގައި ފެށޭނެ، މަޝްރޫއު ނިމުމުން ކޮންމެ މީހެއްގެ އެކައުންޓަށް ފައިސާ ވަންނާނީ ޑޮލަރުން"

ހުރިހާ ދިވެހި ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހެދުމުގެ މަޝްރޫއު ނޮވެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމްޓީސީސީގައި ރަހުނު ނުކުރާ އެންމެ މުދަލެއްވެސް ނެތް: ޒަރިޔަންދު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގައި ރަހުނު ނުކުރާ އެންމެ މުދަލެއް ވެސް ނެތް ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…