މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ޗެއާމަން
ކަމަށް އަހުމަދު ޝަހީރު އައްޔަނުކުރައްވައިފި އެވެ.

ޕީސީބީ އިން އަންގާރަ ދުވަހު ހާމަކުރި ގޮތުގައި އެމްޓީޑީސީގެ ޗެއާމަންގެ
މަގާމަށް ޝަހީރު އައްޔަނުކުރެއްވީ ހޯމަ ދުވަހުގެ ވަގުތެއްގަ އެވެ.

ޝަހީރު ވަނީ މެއި 2025 އިން ފެށިގެން އެޗްޑީސީގެ ޗެއާމަންގެ މަގާމު
އަދާކުރައްވާފަ އެވެ. ނަމަވެސް ނިމިދިޔަ ބުރާސްފަތި ދުވަހު ޝަހީރު ވަނީ އެ މަގާމުން
ވަކި ކުރައްވާފަ އެވެ. ހަމައެއާއެކު ޝަހީރު ވަނީ މި ހިނގަމުންދާ ސަރުކާރު ފެށުމަށް
ފަހު 2024 އޮގަސްޓު މަހުގެ ނިޔަލަށް ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަން ވެސް
އަދާކުރައްވާފަ އެވެ.

ފެނަކައިގެ އިތުރަށް ޝަހީރު ވަނީ އެސްޓީއޯގެ ޕްރޮކިއުމެންޓް ހެޑްގެ މަގާމު
އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

2017 ވަނަ އަހަރުން ފެށިގެން އެމްޓީޑީސީގެ ޗެއާމަން ކަމުގައި ހުންނެވި
އަބްދުﷲ ފާއިޒު ވަނީ މިފްކޯގެ ޗެއާމަން ކަމަށް ސެޕްޓެންމްބަރު މަހު އައްޔަނު ކުރައްވާފަ އެވެ.

އެމްޓީޑީސީގެ
ޗެއާމަން ކަމަށް ޝަހީރު އައްޔަނުކުރައްވާފައި މި ވަނީ، އަޔާޑާ ރިސޯޓު ހިންގާ ގދ.
މަގުއްދުވާގެ ހެޑްލީސް
ނުއަގުގައި ވިއްކާލުމުގެ ޑީލަށް މަގުފަހި ކުރުމަށްޓަކައި އެމްޓީޑީސީގެ އިތުރު ހިއްސާ
ވިއްކަން އެ ކުންފުނިން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ.