ސިޓީތަކުން ޕީއެންސީއަށް ލިބުނީ 5 ގޮނޑި، އެމްޑީޕީއަށް 46 ގޮނޑި
ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީތަކުން ޕީއެންސީއަށް ލިބުނީ އެންމެ 5 ގޮނޑި ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.
RaajjeTV
Live feedހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީތަކުން ޕީއެންސީއަށް ލިބުނީ އެންމެ 5 ގޮނޑި ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.
ސިޓީތަކުން ސަރުކާރަށް ދިނީ ރަނގަޅު މެސެޖެއް ކަމަށާއި އެ މެސެޖަކީ ސިޓީތަކުން ސަރުކާރަށް އިތުބާރެއް ނެތް ކަމުގެ މެސެޖު ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ގޮންޖެހުންތަކާއި އެކު އެމްޑީޕީ އިން އައްޑޫގައި ހޯދި ކާމިޔާބީ އަކީ ރައްޔިތުންނަށްޓަކައި ރައްޔިތުން ހޯދި މޮޅެއް ކަމަށް އައްޑޫސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
މިހާރު ތިބި އެމްޑީޕީގެ 5 މޭޔަރުންނަށް އިތުރު ފުރުސަތެއް ރައްޔިތުން ދިނީ އެމްޑީޕީގެ މޭޔަރުކަމުގައި ރަނގަޅު ލީޑަރޝިޕެއް ދައްކާފައިވާތީ ކަމަށް މާލޭގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އިންތިހާބަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ސިޔާސީ ނުފޫޒު ފޯރުވުމުގެ ބިރު އޮތް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ތާރީހުގައި އެންމެ ގިނަ އަދަދެއްގެ މީހުން ވޯޓުލާފައިވަނީ މި ފަހަރުގެ އިންތިހާބުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ވަގުތީ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ނަތީޖާ އިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ އެވެ.
ސަރުކާރު ބަންދުކުރުމާ ގުޅިގެން ސަރުކާރުގެ ހޮސްޕިޓަލުތަކުން ސްޕެޝަލިސްޓް އޯޕީޑީގެ ޚިދުމަތް މެދުކަނޑާލައިފި އެވެ.
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަޙްމަދު މުޙައްމަދު (ޓޫފޯ) ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރައްވައިފި އެވެ.
އިންތިޚާބާއި ގުޅިގެން ސަލާމަތީ ގޮތުން ފާހަގަކުރެވޭ ފަދަ ބޮޑު ކަމެއް ހިނގާފައިނުވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުން ސަރުކާރަށް ލިބުނު ބަލި ގަބޫލުކުރައްވާ، އިންތިޚާބު ކާމިޔާބު ކުރި ފަރާތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުޙަބާ ވިދަޅުވެއްޖެ އެވެ.
ފެނިގެންދިޔައީ މުޅި ރާއްޖެ އަލުން ރަން ރީނދޫވި މަންޒަރު ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
Loading fresh headlines…