އިންތިޚާބާއި ގުޅިގެން ސަލާމަތީ ގޮތުން ފާހަގަކުރެވޭ ފަދަ ބޮޑު ކަމެއް ހިނގާފައިނުވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ. 

ފުލުހުން ވޯޓުލާ މަރުކަޒުތައް ކައިރީގައި ހަރަކާތްތެރިވަނީ.
ފުލުހުން ވޯޓުލާ މަރުކަޒުތައް ކައިރީގައި ހަރަކާތްތެރިވަނީ.

ހޮނިހިރު ދުވަހު ވަނީ ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބު ކުރިއަށް ގެންގޮސްފަ އެވެ.

ފުލުހުން ވޯޓުލާ މަރުކަޒުތައް ކައިރީގައި ހަރަކާތްތެރިވަނީ.
ފުލުހުން ވޯޓުލާ މަރުކަޒުތައް ކައިރީގައި ހަރަކާތްތެރިވަނީ.

ރާއްޖޭގައި އެއް ދުވަހެއްގައި ފުރަތަމަ ފަހަރަށް ތިން އިންތިޚާބެއް ކުރިއަށް ގެންގޮސްފައިވާއިރު، އިންތިޚާބާ ގުޅިގެން ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަނެއް މުޅި ރާއްޖޭގައި ކުރިއަށް ގެންގޮސްފަ އެވެ. އަދި އިންތިޚާބުގެ ކަންކަން ކުރިއަށް ދިޔަ ވަގުތު ސަލާމަތީ ގޮތުން ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ވޯޓުލާ މަރުކަޒުތައް ކައިރީގައި ވެސް ފޯރިމަރާފައިވެ އެވެ. 

ފުލުހުން ވޯޓުލާ މަރުކަޒުތައް ކައިރީގައި ހަރަކާތްތެރިވަނީ.

ފުލުހުން ވޯޓުލާ މަރުކަޒުތައް ކައިރީގައި ހަރަކާތްތެރިވަނީ.

ފުލުހުން ވޯޓުލާ މަރުކަޒުތައް ކައިރީގައި ހަރަކާތްތެރިވަނީ.
ފުލުހުން ވޯޓުލާ މަރުކަޒުތައް ކައިރީގައި ހަރަކާތްތެރިވަނީ.

މި މަސައްކަތްތަކާ ގުޅޭގޮތުން ފުލުހުން ބުނީ، ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު އަދި ރިފެރެންޑަމްގެ ވޯޓުލުން ކުރިއަށް ދިޔައިރު މާލެއާއި އަތޮޅުތަކުގެ ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބުނު ކަމަށެވެ. އަދި ޚާއްސަކޮށް ވޯޓުލުން ކުރިއަށް ދިޔައިރު ފުލުހުން ދެމުންދިޔަ އިރުޝާދުތަކާ އެއްގޮތަށް ރައްޔިތުން އަމަލު ކުރުމަކީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި، ހުރިހާ ކަމެއް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށް ފުލުހުން ބުންޏެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، އިންތިޚާބުގެ ކަންކަން ކުރިއަށްދިޔައިރު ސަލާމަތީ ގޮތުން ފާހަގަކުރެވޭ ފަދަ ބޮޑު ކަމެއް ހިނގާފައިނުވާ ކަމަށާއި، އިންތިޚާބާ ގުޅުންހުރި އެއްވެސް މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު އެއްވެސް މީހަކު ބަންދުގައި ނެތް ކަމަށެވެ.

މުޅި ރާއްޖޭގައި ހަރަކާތްތެރިވި ފުލުހުން ކުރި ބުރަ މަސައްކަތް ފާހަގަކޮށް އެ ޚިދުމަތުން ވަނީ ރައްޔިތުންގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކޮށް މުޖުތަމައުގެ އަމަންއަމާންކަން ދެމެހެއްޓުމުގައި އަބަދުވެސް ސާބިތުކަންމަތީގައި އޮންނާނެކަމުގެ ޔަގީންކަން ދީފަ އެވެ.