Live 4,824 stories Updated Feb 18, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ޖަލްސާގެ ކޯރަމް ހަމަނުވެގެން އިއުލާނު ކުރާ ފަހުން މީހަކު ވަނުމަކުން ކޯރަމް ހަމަވިކަމަކަށް ނުބެލެވޭނެ: އާޒިމް

މާލެ ސިޓީ ކައުންސިލްގެ އަންގާރަ ދުވަހުގެ އާންމު ރަސްމީ ޖަލްސާގެ ކޯރަމް ހަމަނުވެގެން 17 މިނެޓް މަޑުކުރުމަށްފަހު ޖަލްސާ ނިންމާލި ފަހުން އެތަނަށް މީހަކު ވަނުމަކުން އެއީ ކޯރަމް ހަމަވުންކަމަށް ނުބެލޭނެ ކަމަށާއި، ކޯރަމް އޮންނަ ގޮތެއް ވެސް ޑެޕިއުޓީ މޭޔަރު އަރީޝް އަށް އެނގިވަޑައިގަންނަވާހެން ހީނުވާ ކަމަށް މ…

ސިމްޑީ އިން ރޯދަ މަހާއި ދިމާކޮށް "ކުރިފްރެޝް"ގެ ނަމުގައި މޭވާ އާއި ތަރުކާރީ ލިބޭ ފިހާރައެއް ހުޅުވައިފި

ސިމްޑީ ގްރޫޕުގެ ފަރާތުން ރާއްޖޭގައި އުފައްދާ ތާޒާ އަދި ފެންވަރު ރަނގަޅު ދަނޑުވެރިކަމުގެ ބާވަތްތައް އާންމު ގޭބިސީތަކަށާއި، ވިޔަފާރިތަކަށް އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ފޯރުކޮށްދިނުމަށްޓަކައި "ކުރިފްރެޝް" ގެ ފުރަތަމަ އައުޓްލެޓް މާލޭގައި ހުޅުވައިފި އެވެ.

ރަމަޟާން މަހު މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ގަޑިތައް ކަނޑައަޅައިފި

ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު ގްރޭޓަރ މާލެ ސަރަހައްދުގައި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުން މަނާ ގަޑިތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ކަނޑައަޅައިފި އެވެ.

ރޯދަ މަހު ފެރީ ދަތުރުތަކާއި ބަސް ދަތުރުތައް ކުރާ ގަޑިތަކަށް ބަދަލު އަންނާނެ

ރޯދަ މަހު މާލެ ސަަރަހައްދު ގައި އެމްޓީސީސީން ފޯރުކޮށްދޭ ފެރީއާއި ބަހުގެ ޚިދުމަތްތައްދޭ ގަޑިތަކަށް ބަދަލު ގެނެސްފައިވާ އިރު، އާންމު ފެރީ ދަތުރުތަކުގެ ތެރެއިން 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ މާލެ-ވިލިމާލެ ފެރީގެ ޚިދުމަތް ހަވީރު 5:50ން 7:00އާ ހަމައަށް މެދުކެނޑޭނެ އެވެ.

މިދިޔަ ޑިސެމްބަރުގައި ފަށާ 1 މަސްތެރޭގައި ނިމޭނެކަމަށް މިނިސްޓަރު ރާފިއު ވިދާޅުވި ކެނދިކުޅުދޫ ފުޓްސަލް ދަނޑުގެ މަސައްކަތް އަދިވެސް ނުފަށާ

މިދިޔަ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ފަށާ 1 މަސް ތެރޭގައި މަރާމާތުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕޯޓްސް މިނިސްޓަރު ރާފިއު ވިދާޅުވި ނ. ކެނދިކުޅުދޫ ފުޓްސަލް ދަނޑުގެ އެއްވެސް މަސައްކަތެއް ނުފަށާ ކަމަށް އެ ރަށު ކައުންސިލް މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.

އެކްސިޑެންޓާ ގުޅިގެން އުޅަނދުތަކާ، ދުއްވާ މީހުންނަށް ލިބޭ ގެއްލުމަށް ބަދަލު ލިބުމަށް ހުރަސްއެޅޭތީ އިސްލާހެއް

ތަރޑްޕާޓީ އިންޝުއަރެންސް ލާޒިމް ކޮށްފައިވީ ނަމަވެސް ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ނިޒާމެއް ނެތުމުގެ ސަބަބުން އުޅަނދަށް ނުވަތަ އުޅަނދު ދުއްވާ މީހާ އަށް ލިބޭ ގެއްލުމަށް ބަދަލު ލިބުމަށް ހުރަސްއެޅޭތީ، އެކަމަށް ހައްލު ހޯދުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިދިކޮޅު އެމްޑީޕީ ގެ ފަރާތުން އިސްލާހެ…

ޕްރޯ މޯލްޑިވްސްގެ ނަމުގައި އައިސް މި ސަރުކާރުން ގާއިމް ކުރީ ތާރީޚުގައި ވެސް އެންމެ ގިނަ ކުދި ވިޔަފާރިތައް ފުނޑާލުމުގެ ރިކޯޑް: މެންބަރު ޝަމްހީދު

ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ ސަރުކާރުން ޕްރޯ މޯލްޑިވްސްގެ ނަމުގައި އައިސް ރާއްޖޭގެ ކުދި ވިޔަފާރިތައް ފުނޑާލާފައިވާ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިޚާބުގައި ތިނަދޫގެ މޭޔަރ ސައުދު އަށް ތާއީދު ކުރާތީ ވަޒީފާ އަދާ ކުރާތަން ބަދަލު ކުރި ނާބިތު ކުޅުދުއްފުށްޓަށް ފޮނުވާލީ 6 މަސް ދުވަހަށް

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ތިނަދޫގެ މޭޔަރ ސައުދު އަލީ އަށް ތާއީދު ކުރާތީ ސިޔާސީ ބޭނުމަށް ވަޒީފާ އަދާ ކުރާ ތަން ބަދަލު ކުރި އަލީ ނާބިތު މުހައްމަދު ވަޒީފާ އަދާ ކުރާތަން ބަދަލު ކުރީ 6 މަސް ދުވަހަށް ކަން ހާމަވެއްޖެ އެވެ.

ޕީއެންސީގެ ކެންޑިޑޭޓުން ބައިތިއްބައިގެން އެއްބަޔަކަށް މުއިއްޒު އެ ބަހާލީ 16 މިލިއަން ރުފިޔާ: މެމްބަރު އައްބާސް

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ބޯމަތިވެފައި އޮއްވާ ސަރުކާރު ހިންގާ ޕާޓީ - ޕީއެންސީ ގެ ކެންޑިޑޭޓުން ކުރިމަތީގައި ބައިތިއްބައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު 16 މިލިއަން ރުފިޔާ ބަޔަކަށް ބަހާލުމުގެ ކަންބޮޑުވުން ވެލިދޫ ދާއިރާގެ މެމްބަރު …

Loading fresh headlines…