މެލޭޝިއާގައި ޓީބީ ފެތުރުން އިތުރުވުމާއި ގުޅިގެން ރާއްޖޭގައި ރިސްކް އެސެސްމަންޓް ފަށައިފި
ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅެމުންދާ އަދި އާންމުކޮށް ދިވެހީން ދަތުރުކުރާ މެލޭޝިއާގައި ކެއްސުން ބަލި ނުވަތަ ޓީބީ ހަލުއިކަމާއެކު ފެތުރެމުންދާތީ، އެކަމާ ގުޅިގެން ރާއްޖެ އަށް އޮތް ނުރައްކާ ދެނެގަތުމަށްޓަކައި ރިސްކް އެސެސްމަންޓެއް ހަދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފި އެވެ.