Live 4,079 stories Updated Mar 2, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މޭޔަރ ޢާޠިފްގެ "އާސްކް މޭޔަރ" ޕްރޮގްރާމް ތަޢާރަފްކޮށްފި

ކުޅުދުއްފުށި ސިޓީގެ ހިންގުމާއި ގުޅުންހުރި ކަންކަން, އެ ސިޓީގެ މޭޔަރ, މުޙައްމަދު ޢާޠިފް އާއި ފަސޭހައިން ސުވާލުކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ފަހިކޮށްދިނުމަށް "އާސްކް މޭޔަރ" ގެ ނަމުގައި ޕްރޮގްރާމެއް ތަޢާރަފްކޮށްފިއެވެ.

މުއިއްޒުގެ ކުރިމަތީގައި ޚާމަނާއީ އަކީ އިސްލާމީ ގައުމެއްގެ ލީޑަރަކަށް ވެސް ނުވި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިޒްރޭލުން އީރާނަށް ދޭން ފަށާފައިވާ ނުރައްކާތެރި އަދި ޣައިރު ގާނޫނީ ހަމަލާތަކުގައި އެ ގައުމުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލުމާ ގުޅިގެން ދިވެހިރާއްޖޭގެ މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިތާމައިގެ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު އެ…

ބިން ހިއްކާއިރު ކިސަޑު އާދޭ، އެ މަންޒަރު ފެންނަން ވެސް ފެނޭ، އެކަމަކު ބިން ހިއްކަން ޖެހޭ: މިނިސްޓަރު ތޯރިގް

ބިން ހިއްކާއިރު ކިސަޑު އަންނަ ކަމަށާ އެ މަންޒަރުތައް ފެނިވަޑައިގަތް ނަމަވެސް ބިން ހިއްކުމަކީ ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތިމާވެށްޓާ ބެހޭ ވަޒީހު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިދިޔަ ދެ އަހަރުގެ ތެރޭގައި މުއިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް އިހުމާލުވެއްޖެ: ޝާހިދު

މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް ބޮޑުތަނުން އިހުމާލުވެފައިވާ ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ބިންވެރިޔާ ސްކީމުގެ، ސައްހަނޫން ލިޔުންތަކުގެ މައްސަލާގައި 12 މީހަކަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބިފައިވާކަމަށް ދެއްކުމުގެ ގޮތުން ސައްހަނޫން ލިޔުންތަކެއް އުފައްދައި، އެ ލިޔުންތައް ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ހުށަހެޅި މައްސަލާގައި 12 މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅަ…

އެމްޑީޕީގެ ބޮޑު އެއްވުމެއް މާޗު 21 ގައި، މިއީ ރައީސް މުއިއްޒަށް ނޫނެކޭ ބުނަން ލިބޭ ރަނުގެ ފުރުސަތެއް: މެންބަރު މައުރޫފް

އަންނަ މާޗު މަހުގެ 21 ވަނަ ދުވަހު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުމުގައި ބައިވެރި ވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނޫނެކޭ ބުނަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެ…

މެދުއިރުމަތީގެ ހަމަނުޖެހުން: ރާއްޖެއަށް ކުރާ އަސަރުތައް ކުޑަ ކުރުމަށް އިތުރު އެއާލައިންތައް ގެންނަނީ

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖެއަށް ކުރާ އަސަރުތައް ކުޑަ ކުރުމަށް އިތުރު އެއާލައިންތައް ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ދެ އިންތިޚާބު އެއްކޮށްލުމަށް ނަގާ ވޯޓަކީ ހީލަތެއް، ހިނގަހިނގާ އޮތް ދައުރެއް ބަދަލުކުރުމަށް ހުށަހެޅުމަކީ ނުރައްކަލެއް: މެންބަރު ޝަމްހީދު

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމުމަށް ރެފަރެންޑަމް ވޯޓާއެކު، ހިނގަހިނގާ އޮތް ދައުރެއް ބަދަލުކުރުމަށް ހުށަހެޅުމަކީ ނުރައްކަލެއް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން މެންބަރު މައުރޫފް ހިމެނޭހެން 7 މީހަކަށް ދައުވާކޮށްފި

ނިމިދިޔަ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހުގެ ރޭ އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ "ލޫޓުވައިފި" މުޒާހަރާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ހިމެނޭހެން 7 މީހަކަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ދައުވާ އުފުލައިފި އެވެ.

Loading fresh headlines…