ހުދުމުހުތާރު ވެރިކަމެއް ނިމިގެންދާއިރު ޖަހާ އެންމެފަހުގެ ރަނގަބީލަކީ ވަޒީފާއަށް ބިރު ދެއްކުން ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވާހަކަ ދައްކަވަނީ.
އެމްޑީޕީއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވާހަކަ ދައްކަވަނީ.

އެމްޑީޕީއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި މާޒް ސަލީމް ވިދާޅުވީ ހުދުމުހުތާރުގެ ވެރިކަންތައް ނިމިގެންދާއިރުގަ ޖަހާ އެންމެފަހުގެ ރަނގަބީލަކީ ވަޒީފާއަށް ބިރު ދެއްކުން ކަމަށާއި، މިސަރުކާރުން ފެނިގެންދަނީ އެ މަންޒަރު ކަމަށެވެ. އަދި ފުލުުހުން ނެރި ރައްޔިތުންނަށް އަނިޔާވެރިވާ ކަމަށް މާޒް ސަލީމް ވިދާޅުވި އެވެ. 

އެމްޑީޕީއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވާހަކަ ދައްކަވަނީ.

އެމްޑީޕީއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވާހަކަ ދައްކަވަނީ.

ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ރައްޔިތުން ނުކުތުމުން ސަރުކާރު ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި މާޒް ސަލީމް ވިދާޅުވީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ތުހުމަތުކޮށް، ދައުވާ އުފުލި ނަމަވެސް އެމްޑީޕީ ފަހަތަށް ނުޖެހޭނެ ކަމަށެވެ. 

ރާއްޖޭގެ އެކި ސަރަހައްދުތަކުން ސަރުކާރާ ދެކޮޅަށް މަގުމައްޗަށް ނުކުތީ ވަޒީފާގެ ބިރު ދައްކާތީ އާއި ވަޒީފާއިން ނުހައްގުން ވަކި ކުރަމުންދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.  އަދި މިއީ ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް ކަމަށް މާޒް ސަލީމް ވިދާޅުވި އެވެ. 

މިކަހަލަ ހުދުމުހުތާރުގެ ވެރިކަންތައް ނިމިގެންދާއިރުގަ ޖަހާ އެންމެފަހުގެ ރަނގަބީލަކީ ވަޒީފާއަށް ބިރު ދެއްކުން. މިއީ އެންމެފަހުގެ ރަނގަބީލު. އަޅުގަނޑުމެންނަށް މިއަދު މި ރަނގަބީލުގެ އަޑު އިވިގެން މިރަނގަބީލުގެ ބިރުވެރިކަން ކުރިމަތިވެގެން އަޅުގަނޑުމެން މިއަދު މިއުޅެނީ. އާދެ މިކަހަލަ ހުދުމުހުތާރު ވެރިކަންތައް ނިމޭއިރުގަ އަދާ ކުރާ އޮންނާނެ ފަހު ރުކުނެއް. އެ ފަހުގެ ރުކުނަކީ އެއީ މިދެންނެވި ރުކުން. މިދެންނެވި ރުކުން މިހާރު އަދާކުރަމުން އެދަނީ އެއީ ވަޒީފާގެ ބިރު ދެއްކުން. 
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)

މީގެ އިތުރުން މާޒް ސަލީމް ވަނީ ގާނޫނާ ގަވާއިދާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާ ހުރިހާ މުވައްޒަފުންގެ ވަޒީފާ އަލުން އިޔާދަ ކުރުމަށް ގޮވާލާފަ އެވެ. އަދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ވެރީން އެބޭފުޅުންގެ ޒިންމާ އިންސާފުވެރިކަމާއެކު އަދާ ކުރުމަށް ވެސް ގޮވާލެއްވި އެވެ.