Live 6,015 stories Updated Jul 26, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަނެގުމުގެ ޚާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފި އެވެ.

މި ސަރުކާރުން ދިވެހި ރައްޔިތުން ލޭބަލް ކުރަނީ ކުށްވެރިން ގޮތުގައި، ސަރުކާރު މުވައްޒަފުންނާމެދު އަމަލު ވެސް ކުރަނީ އެހެން: ނިޝާން

މި ސަރުކާރުން ދިވެހި ރައްޔިތުންނާއި ދިވެހި މަސައްކަތްތެރިން ލޭބަލް ކުރަމުންދަނީ ކުށްވެރިންގެ ގޮތުގައި ކަމަށާއި ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާމެދު އަމަލު ވެސް ކުރަމުންދަނީ އެހެން ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ހަތަރު މަހުގެ މުސާރައާއެކު ވަކިވާން އެދުނު މުވައްޒަފުން ވަކި ކުރުމަށްފަހު މުސާރަ ނުދީ ލަސްކުރަނީ، އެޗްއާރުން ފޯނުވެސް ނުނަގާ!

ފެނަކަ ކޯޕަރޭޝަނުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދޭނެކަމަށް ވައުދުވެފައިވާއިރު، އެ ފައިސާ ނުލިބޭތީ މުވައްޒަފުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި ތިން މީހެއްގެ ސައިކަލު 30 ދުވަހަށް ޓޯކޮށްފި، ދުއްވި މީހުންނަށް ފިޔަވަޅު އެޅިކަން ސާފެއް ނޫން!

ސިނަމާލެ ބްރިޖުގައި އާންމުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް އަދި ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ސައިކަލު ދުއްވި ތިން މީހެއްގެ ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މިދިޔަ އަހަރު އަމަލީ މަސައްކަތް ފަށާނެކަމަށް ރައީސް ވިދާޅުވި ކޯޓު ކޮމްޕްލެކްސްގެ މަޝްރޫއު ހަވާލުކޮށްލެވުނީ އަދި ކިރިޔާ!

މާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ "މާލޭ ކޯޓު ކޮމްޕްލެކްސް" އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވޮލޮޕްމަންޓުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެކު ސޮއިކޮށްފި އެވެ.

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލު ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ ހޮނިހިރު ދުވަހު ހަވީރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

ފެނަކަ ބްރާންޗްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ

މ. އަތޮޅު ނާލާފުށި ފެނަކަ ބްރާންޗް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރޭގައި ފެނަކައިގައި ތިބި ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފި އެވެ.

"މުއިއްޒު ސްޕީޑު" ގައި ތާރުއެޅި އަމީނީ މަގު ދެވަނަ ފަހަރަށް މަރާމާތުކުރަން ޖެހިއްޖެ

މާލެ ސިޓީގެ އެންމެ ކާރޫބާރޫ ބޮޑު އެއް މަގު ކަމަށްވާ އަމީނީ މަގުގައި މި ސަރުކާރުން 'މުއިއްޒު ސްޕީޑު' ގައި އެޅި ތާރު ހަލާކުވުމާ ގުޅިގެން އެ ސަރަހައްދު އަލުން މަރާމާތުކުރުމުގެ މަސައްކަތް ފަށަން ނިންމައިފި އެވެ.

ވ. ތިނަދޫގައި ޑޮކްޓަރެއް ނެތް މައްސަލައިގެ ހައްލަކަށް މިނިސްޓްރީން ހަމަޖެއްސީ ''ވީލްކީ ވިޒިޓިންގ ޑޮކްޓަރެއް''

ވ. ތިނަދޫގައި ސިއްހީ ފަރުވާ ދެވޭނެ އެއްވެސް ގޮތެއް ނެތި އެ ރަށުގެ ސިއްހީ ޚިދުމަތް މެދުކެނޑިފައި އޮންނަ މައްސަލަ ބޮޑުވެފައި ވަނިކޮށް، ވ. ފެލިދޫގައި ހުންނަވާ ޑޮކްޓަރު ހަފްތާއަކު އެއްދުވަހު ތިނަދޫއަށް ޒިޔާރަތްކުރާ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.

Loading fresh headlines…