ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްގެ
މަގާމުގައި ހުންނެވި ފާތުމަތު މަހީރާ މުހައްމަދު އެ މަގާމުން ކުއްލި ގޮތަކަށް
ވަކިކޮށްފި އެވެ.

އަދަދު ނޫހުން ހާމަކޮށްފައިވާ ގޮތުގައި މާހިރާ ވަކި
ކޮށްފައި ވަނީ ޖުލައި 21 ވަނަ ދުވަހު އެވެ.

ރައީސް މުއިއްޒު އެ މަގާމުން މާހިރާ ވަކި ކުރެއްވީ
އެއްވެސް އިންޒާރަކާ ނުލައި، އަދި ވަކިކުރަންޖެހޭ ފަދަ ގާނޫނީ ސަބަބެއް ވެސް ނެތި
ކުއްލި ގޮތަކަށް ކަމަށް މައުލޫމާތު ލިބެ އެވެ.

މަހީރާ އަކީ ޓްރައިބިއުނަލްގައި އެންމެ ގިނަ
މައްސަލަ ނިންމަމުން ގެންދެވި މެންބަރު ކަމަށާއި މިދިޔަ އޭޕްރީލް މަހު
ޓްރައިބިއުނަލްގެ ރައީސް އިސްތިއުފާ ދެއްވުމުން އެ އޮފީސް ހިންގުމާއި ހަވާލުވެ
ހުންނެވީ މަހީރާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

މިކަމާއި ބެހޭ ގޮތުން މާހިރާގެ ރަސްމީ ބަހެއް އަދި
ނުލިބެ އެވެ. އަދި ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއަކުން ވެސް މިކަމާއި
ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ހާމަ ކޮށްފައެއް ނުވެ އެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް
ޖުލައި މަހުގެ 21 ވަނަ ދުވަހު އަމްޖަދު މުސްތަފާ ވަނީ އައްޔަން ކުރައްވާފަ އެވެ.

މަހީރާ ވަކިކޮށްފައި މިވަނީ ސަރުކާރު
ކުންފުނިތަކުން މުވައްޒަފުން ވަކި ކުރަމުންދާ ދަނޑިވަޅެއްގައި އެވެ. އަދި ވަކިކޮށްފައިވާ މުވައްޒަފުންގެ މައްސަލަ ޓްރައިބިއުނަލަށް އެމްޑީޕީން ހުށަހަޅަމުންދާ
ދަނޑިވަޅެއްގައި އެވެ.