Live 6,015 stories Updated Aug 8, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ކުރީ ސަރުކާރުން މަސައްކަތް ފަށާފައިވަނިކޮށް ރައީސް މުއިއްޒު މ. މުލަކަށް ވަޑައިގެން އިފްތިތާހްކޮށްދެއްވައި އަލުން ފެށި ބަނދަރުގެ މަޝްރޫއު ހުއްޓިފައި!

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އަމަލީ މަސައްކަތް ފަށާފައިވާ މ. މުލަކު ބަނދަރު މަޝްރޫއު، ރައީސް ޑރ. މުހައްމަދު މުއިއްޒު އަލުން އިފްތިތާހް ކޮށްދެއްވައި، މަސައްކަތް ފެށި ނަމަވެސް، މިހާރު އޮތީ އެ މަސައްކަތް ހުއްޓިފައި ކަމަށް މ. މުލަކު ކައުންސިލްގެ ރައީސް އަހުމަދު ޖަމާލު ވިދާޅު…

މެންބަރު ޝުޖާއުގެ ވާހަކަތަކަށް ޔާމީންގެ ރައްދު: ވާހަކަ ދައްކާނަމަ އެނގޭ ކަންކަމުގެ ވާހަކަ ދައްކަވާ

ޕީއެންސީން އުކުޅަހުގައި ބެއްވި ހަރުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ދެއްކެވި ވާހަކައަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައްދު ދެއްވައި، ވާހަކަ ދައްކާ ކަމުގައި ވާނަމަ އެނގޭ ވާހަކަ ދެއްކެވުމަށް ނަސޭހަތްތެރިވެވަޑައިގެންފި އެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކަށް ކަރަންޓު ދިނުން ލަސްވަނީ އެޗްޑީސީން ހަދަމުންދާ ލޭންޑް ޔޫސް ޕްލޭން ނުނިމޭތީ: ސްޓެލްކޯ

ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކަށް ކަރަންޓް ދިނުން ލަސްވަނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަދަމުންދާ ލޭންޑް ޔޫސް ޕްލޭން ނުނިމޭތީ ކަމަށް ސްޓޭޓް އިލެކްޓްރޯނިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ހަންނާނަކީ ދާއިރާގެ ރައްޔިތުންނަށް ހުރި ލަދެއް: ތުޅާދޫ އަދި ފެހެންދޫ ކައުންސިލް

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު އަކީ އެ ދާއިރާގެ ރައްޔިތުންނަށް ހުރި ލަދެއް ކަމުގައި ބ. ފެހެންދޫ އަދި ބ. ތުޅާދޫ ކައުންސިލްގެ އިދާރާ އިން ބުނެފި އެވެ.

ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމުގެ ވައުދާއެކު ވެރިކަމާ ހަވާލުވި ރައީސް މުއިއްޒުގެ ސަރުކާރުން ފޯޅަވަހީގެ މައްސަލައިގައި އިނގިރޭސިވިލާތަށް ފޮނުވި ސިޓީ އަށް ދިން ޖަވާބު ހާމަކުރަން ދެކޮޅު ހަދައިފި

ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒުގެ ސަރުކާރުން ފޯޅަވަހީގެ މައްސަލައިގައި އިނގިރޭސިވިލާތަށް ފޮނުވި ސިޓީ އަށް އެފަރާތުން ދިން ޖަވާބު ހާމަކުރަން ދެކޮޅު ހަދައިފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަ ކަމަށް ތުހުމަތުކުރެވޭ މީހަކު އައްޑޫ ސިޓީން ހައްޔަރުކޮށްފި

ކޯޓު އަމުރެއްގެ ދަށުން ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަ ކަމަށް ތުހުމަތުކުރެވޭ މީހަކު، އައްޑޫ ސިޓީ މަރަދޫއިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ރައްޔިތުންގެ އަމިއްލަ ޖީބަށް އާމްދަނީ ލިބޭ ކަން ކަމަށް ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ހުރަސްއަޅަމުން: މެންބަރު ނާޒިލް

މި ސަރުކާރުން އާންމު ރައްޔިތު މީހާގެ އަމިއްލަ ޖީބަށް ބޮޑު އާމްދަނީއެއް ލިބޭނެ މަސައްކަތެއް ކުރަން ފެށުމުން އެކަމަކަށް ހުރަސްއަޅަމުންދާ ކަމަށާއި، އެކަން އައްޑޫ ސިޓީން ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.

އޭދަފުށީ އެމްއެންޔޫ ކެމްޕަސްގެ މަސައްކަތް ހުއްޓި، އެ ސަރަހައްދު މަދިރި އާލާވާ ތަނަކަށް ވެއްޖެ

ބ. އޭދަފުށީގައި އިމާރާތް ކުރުމަށް ނިންމާފައިވާ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ކެމްޕަސްގެ މަސައްކަތް ހުއްޓި، އެ ތަނުގެ ބިން ކޮނެފައި އޮތް ސަރަހައްދުގައި ފެންބޮޑުވެ މަދިރި އާލާވާ މައްސަލަ ފެންމަތިވެއްޖެ އެވެ.

"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މީހުން ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި، އަދިވެސް ނުފެނޭ!

ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނިކޮށް ގެއްލުނު ދިވެހި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯންޏެއްގެ ކެޕްޓަން ހޯދުމަށް ވަޔާއި ކަނޑުމަގުން ބޮޑު ސަރަހައްދެއް މިހާތަނަށް ބަލާފައިވާ ކަަމަށާއި، އަދިވެސް އެ މީހުން ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

Loading fresh headlines…