Live 6,015 stories Updated Aug 14, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ޚަބަރާއި މައުލޫމާތު ގެނެސްދޭއިރު މީހުންގެ ޒާތީ ދިރިއުޅުމާއި މައުލޫމާތު ހުއްދަނެތި ބޭނުން ނުކުރުމަށް އިލްތިމާސެއް!

ބްރޯޑްކާސްޓަރުންނާއި މީޑީއާގައި މަސައްކަތް ކުރާ ފަރާތްތަކުން ޚަބަރާއި މައުލޫމާތު ފެތުރުމުގައި އިންސާނީ ކަރާމާތާއި މުޖުތަމައުގެ މަސްލަހަތަށް އިސްކަންދީ ޚަބަރު ފެތުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސް ކޮށްފި އެވެ.

ސަރުކާރުގެ ދަރަނި 160 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެއްޖެ، އޮކްޓޯބަރު މަހުގެ ނިޔަލަށް ޑޮލަރުގެ އަގު ހުންނާނީ 25 ގައި: ޒަރިޔަންދު

މިއަދާ ހަމައަށް ސަރުކާރުގެ ދަރަނި 160 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.

ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައިވާކަމަށް ރައްޔިތުން ބުނަމުން ދަނިކޮށް 2027 ވަނަ އަހަރަކީ ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ނިންމާލެވޭނެ އަހަރު ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ރާއްޖޭގެ ރަށްރަށުގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައިވާކަމަށް ރައްޔިތުން ތަކުރާރުކޮށް ބުނަމުން ދަނިކޮށް, 2027 ވަނަ އަހަރަކީ ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ނިންމާލެވޭނެ އަހަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތަކެތީގެ އަގު ބޮޑުވަނީ ސަރުކާރުން ސިޔާސަތުތަކަށް ގެންނަ ބަދަލުގެ ސަބަބުން، ފްރައިޓްގެ އަގު އެހާ ބޮޑެއް ނުވޭ: އަމްރު

ތަކެތީގެ އަގު ބޮޑު ވަނީ މި ސަރުކާރުން ސިޔާސަތުތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން ކަމަށާއި، ހަގީގަތުގައި ފްރައިޓްގެ އަގު އެހާ ބޮޑަށް ބޮޑު ނުވާ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

ގާނޫނު އަސާސީ ހޯދަން ކުރި މަސައްކަތުގައި ރައީސް މުއިއްޒުއަކީ 'ގައިން އެންމެ ދާ ފޮދެއް ވެސް އޮހުރުވި' ބޭފުޅެއް ނޫން: ޝިފާޒް

ގާނޫނު އަސާސީ ހޯދަން ކުރި މަސައްކަތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުއަކީ 'ގައިން އެންމެ ދާ ފޮދެއް ވެސް' އޮހުރުވި ބޭފުޅެއް ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް އެދޭ ހެވެއް ނެތް، ދަނީ އިނދަޖައްސަމުން: ޝާހިދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް އެދޭ ހެވެއް ނެތް ކަމަށާއި، ރައްޔިތުން އިނދަޖައްސާލާފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ ދަތިކަން ފިލުވަން މިއަދު އޮތް ހަމައެކަނި ގޮތަކީ މަގުމަތިން: މެންބަރު ޒިޔާދު

ރައްޔިތުންގެ ދަތިކަން ފިލުވައިދިނުމުގެ ޒިންމާ ހަވާލުކޮށްފައި ތިބި މުއައްސަސާތަކާއި ވެރިންގެ ފަރާތުން އެދެވޭ އަޑެއް ނީވޭތީ، މިއަދު ރައްޔިތުންނަށް އޮތް ހަމައެކަނި ގޮތަކީ މަގުމައްޗަށް ނުކުތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ޒަރޫރީ ތަކެތި ހޯދުމަށް ދަތިވެފައިވާއިރު، މިސަރުކާރުން އަދިވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް: ފައިސަލް

ރައްޔިތުން ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމަށް ދަތިވެފައިވާއިރު، މި ސަރުކާރުން އަދިވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ކޮންމެ ދަރިއެއްގެ ހިތުގައިވެސް ދިވެހި ގައުމިއްޔަތުގެ ވިންދާއި ރޫޙު ހިފެހެއްޓުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި

ގައުމާއި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށް ވުުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފި އެވެ.

Loading fresh headlines…