ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމަ ގިނައިން
ވާރޭ ވެހިފައިވަނީ ފ. ނިލަންދޫ އާއި ބިލެއްދޫ އަށް ކަމަށް މޫސުމާ ބެހޭ ގައުމީ
އިދާރާ އިން ހުކުރު ދުވަހު ބުނެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ބުރާސްފަތި
ދުވަހު 8:00 އިން ހުކުރު ދުވަހުގެ 8:00 އަށް ފ. ނިލަންދޫއަށް 34.8 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. ހަމައެއާއެކު
ފ. ބިލެއްދޫއަށް ވަނީ 30.2 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ.
މީގެ އިތުރަށް ހުޅުމާލެއަށް ވަނީ 24.3 މިލިމީޓަރުގެ
ވާރޭ ވެހިފަކަމަށާއި، މާލެއަށް ވަނީ 22.3 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ.
ހަމައެއާއެކު ސ. ހިތަދޫއަށް ވަނީ 22.2 މިލިމީޓަރުގެ ވާރޭ ވެހިފަކަމަށް މޫސުމާ ބެހޭ
ގައުމީ އިދާރާއިން ވަނީ ބުނެފަ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ހުކުރު ދުވަހުގެ މެންދުރުފަހުން ފެށިގެން ބައެއް ރަށްތަކަށް
ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.
ހަމައެއާއެކު ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10
މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު
ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ
ގައުމީ އިދާރާއިން ވަނީ ބުނެފަ އެވެ. އެ އިދާރާއިން ބުނެފައިވާ ގޮތުގައި ކަނޑު
އާދައިގެ ވަރަކަށް ގަދަވެ ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން ހަ
ފޫޓާއި ތިން ފޫޓާ ދެމެދު ހުންނާނެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހުރިހާ
ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. ހާއްސަކޮށް ކަނޑު
ދަތުރު ކުރާ މީހުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ
އިލްތިމާސްކޮށްފަ އެވެ.