Live 6,015 stories Updated Aug 26, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ކުރީ ސަރުކާރުން 70 އިންސައްތަ މަސައްކަތް ނިންމާފައިވާ ދ. މާއެނބޫދޫ ފެނުގެ ހިދުމަތުގެ މަޝްރޫއު ކުރިއަށް ނުދާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 70 އިންސައްތަ މަސައްކަތް ނިންމާފައިވާ ދ. މާއެނބޫދޫ ފެނުގެ ހިދުމަތުގެ މަޝްރޫއު ކުރިއަށް ނުދާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލަށް ލިބޭ އުޅަނދުފަހަރުގެ ފީ ސަރުކާރުގެ ބަޖެޓަށް ލިބޭ ގޮތަށް އެއްގަމު ދަތުުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

މާލެ ސިޓީ ކައުންސިލަށް ލިބޭ އުޅަނދުފަހަރުގެ ފީ ސަރުކާރުގެ ބަޖެޓަށް ލިބޭ ގޮތަށް އެއްގަމު ދަތުުރުފަތުރުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އަންނަ މަހުން ފެށިގެން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅުބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރަން ފާސްކޮށްފި!

އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭ ގޮތް ހެދުމާއެކު ކަޅުބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ޕެޓިޝަނަށް ވެސް ރައްޔިތުންގެ ކަންބޮޑުވުމަށް ވެސް ބެލުމެއް ނެތި، ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު މަޖިލީހުން ފާސްކޮށްފި!

ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ސަރުކާރުން ނިންމާ ހާލަތެއްގައި، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު، ރައްޔިތުންގެ މަޖިލީހުން …

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހޭގޮތަށް ގާނޫނު އިސްލާހުކުރަން ފާސްކޮށްފި

ފަތުވެރިއެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރު ކުރެވޭ ގޮތަށް އޮތް އިހްތިޔާރު އުވާލައި، ރިސޯޓުތަކުން މަހަކު ލިބޭ އާމްދަނީގެ 40 އިންސައްތަ މާރު ކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މއ. ދޫގަސްގައި ގޭސްފުޅިއެއް ގޮވައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ: އަނިޔާވި ބިދޭސީއަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!

މާލެ ސިޓީ، މއ. ދޫގަސްގައި ގޭސްފުޅިއެއް ގޮވައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ބިދޭސީއެއްގެ ހާލު ސިރިއަސް ކަމަށާއި، ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފި އެވެ.

އެމްއެމްއޭގެ މިނިވަންކަން ގެއްލިއްޖެ، ރައީސް އޮފީހުގައި ގަވަރުނަރު ޕްރެސް ދެއްވުމަކީ މީގެ ކުރިން ކުރި ކަމެއް ނޫން: އަމީރު

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މިނިވަންކަން ގެއްލިފައިވާ މިންވަރު ހާމަވަމުންދާ ކަމަށް ވިދާޅުވެ، ކުރީގެ މާލީ ވަޒީރު އިބްރާހީމް އަމީރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން ބިލުތަކަށް އިސްލާހު ގެނައުން ކުޅިވަރަކަށް ހަދައިފި، ގާނޫނުގައި އޮތް ގޮތަށް ބިލަށް އިސްލާހު ފޮނުވޭއިރު ވެސް ނޭނގޭ: އަމީން

މި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން ގާނޫނުތަކަށް ހުށަހަޅާ އިސްލާހުތަކުގެ ބިލުތަކަކީ ކުޅޭ ކުޅިވަރަކަށް ހަދާފައިވާ ކަަމަށާއި ގާނޫނުގައި މިހާރު ވެސް އޮތް ގޮތަށް އިސްލާހުތައް ހުށަހެޅޭއިރު ވެސް އެ ބޭފުޅުންނަށް ނޭނގޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާ…

Loading fresh headlines…