Live 6,013 stories Updated Aug 30, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ޓީމް އިން ފަށާފައިވާ ޕެޓިޝަނަށް ބޮޑު ތަރުހީބެއް، އެއް ދުވަސް ތެރޭގައި 42 ރިސޯޓެއްގެ މުވައްޒަފުން ސޮއިކޮށްފި

ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން ދިވެހި ރުފިޔާއިން ސަރވިސް ޗާޖް އަދި މުސާރަ ދިނުމާއި ދެކޮޅަށް ފަށާފައިވާ ޕެޓިޝަނަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އެއް ދުވަހުގެ ތެރޭގައި 42 ރިސޯޓެއްގެ މުވައްޒަފުން ސޮއިކޮށްފައިވާ ކަމަށް ޓީމް އިން ބުނެފި އެވެ.

ހާލު ކިހިނެއް ދ. މާއެނބޫދޫ: ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓިފައިވުން

ދ. މާއެނބޫދޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ހުއްޓި، ރަށުގެ ގޮނޑުދޮށާއި ތިމާވެއްޓަށް ނޭދެވޭ އަސަރު ކުރާތީ އެކަމުގެ ކަންބޮޑުވުން އެރަށުގެ ރައްޔިތުން ފާޅުކޮށްފި އެވެ.

ފުވައްމުލައް ސިޓީގެ ވެމްކޯ އަދި ފެނަކަ ބްރާންޗުގެ މުވައްޒަފުން ވަކިކުރަމުން ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފި

ފުވައްމުލައް ސިޓީގެ ވެމްކޯ އަދި ފެނަކަ ބްރާންޗުގެ މުވައްޒަފުން ވަކިކުރަމުން ދާތީ އެކަމުގެ ކަންބޮޑުވުން ފުވައްމުލައް ސިޓީ ކައުންސިލުން ފާޅުކޮށްފި އެވެ.

"ކައްކާނެ ގޭހެއް ނެތް، ފެނެއް ނާދޭ، މަޝްރޫއުތައް އޮތީ ހުއްޓިފައި": މާއެނބޫދޫ ރައްޔިތުންގެ ކަންބޮޑުވުންތައް ބަންޑުންކޮށްލައިފި!

ދ. މާއެނބޫދޫގެ ރައްޔިތުން މިއަދު ތަހައްމަލުކުރަމުންދަނީ އިންތިހާއަށް ދަތި، އުންމީދު ކެނޑިފައިވާ އަދި މާޔޫސްކަމުން ފުރިގެންވާ ދުވަސްތަކެކެވެ. ރަށުގެ އިގްތިސާދީ އަދި އިޖުތިމާއީ ހާލަތު އޮތް ގޮތުން އާންމު ދިރިއުޅުން މުޅިން ބަދަލުވެ، ކޮންމެ ދުވަހަކު ވެސް ރައްޔިތުން ކުރިމަތިލާންޖެހެނީ ބޮޑެތި ގޮންޖެހުންތަކ…

މި ސަރުކާރު މި ގެންދަނީ ރާއްޖެ ބަނގުރޫޓު ކުރަމުން: ނަޝީދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ މި ގައުމުގެ ވިޔަފާރިވެރިންނާއި ގައުމު ބަނގުރޫޓު ކުރަމުން ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މާއެނބޫދޫ ފުޓުބޯޅަ ދަނޑުގައި ޓާރފު އެޅުމަށް ނިމިދިޔަ ސަރުކާރުން ސަބް ބޭސް ހެދި، މިހާރު އޮތީ ދަނޑެއް ނޫން، ޖަންގައްޔެއް!

ދ. މާއެނބޫދޫ ފުޓުބޯޅަ ދަނޑުގައި ޓާރފު އެޅުމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން ސަބް ބޭސް ހެދި ކަމަށާއި ނަމަވެސް މިހާރު ފުޓުބޯޅަ ދަނޑު އޮތީ ޖަންގައްޔަކަށް ބަދަލުވެފައި ކަމަށް މާއެނބޫދޫ ކައުންސިލުގެ ނައިބު ރައީސް ރިލްވާން އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އައްޑޫ ލިންކު ރޯޑު ތަރައްގީ ކުރުމުގެ މަޝްރޫއު: އެންމެ އިސްކަންދޭ ލިސްޓުގެ އެއްވަނައިގައި އޮންނަތާ 3 އަހަރު!

އައްޑޫ ލިންކު ރޯޑުގެ މަސައްކަތަށް އަމަލީ ސިފައެއް އައިސްފައި ނުވާތީ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މި ސަރުކާރުން ފެނަކައިން ބޮޑެތި ވައްކަންތަކެއް ކޮށްފި، އަދި ރައްޔިތުންގެ އެތަކެއް ހައްގުތަކެއް ވެސް ނިގުޅައިގަނެފި: ޔާމީން

މި ސަރުކާރު އައިސް މާ ބޮޑަށް އަދި މާ "މޮޅަށް" ފެނަކަ ކުންފުނިން ވައްކަން ކޮށްފައިވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އައްޑޫސިޓީގައި 100 ދުވަހުން ނިންމަން ވައުދުވި ކަންކަން 1000 ދުވަސްވެފައިވާއިރު ވެސް ނުފެނޭ: މެންބަރު ދީދީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫސިޓީގައި 100 ދުވަހުން ނިންމަވަން ވައުދުވެވަޑައިގެންނެވި ކަންކަން 1000 ދުވަސްވެފައިވާއިރު ވެސް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

Loading fresh headlines…