Live 359,060 stories Updated Sep 21, 2026
Browse topics All stories

Latest stories

Live feed

ވިލުފުށީ ކައުންސިލުގެ މާލީ ބަޔާންތައް ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަހަޅާފައިނުވާއިރު އިދާރާގެ ހިސާބުތަކާއި ހުށަހެޅި ހިސާބު ދިމާ ނުވޭ: އޮޑިޓް ރިޕޯޓު

ތ. ވިލުފުށީ ކައުންސިލުގެ މާލީ ބަޔާންތައް ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަހަޅާފައި ނުވާކަމަށާއި ފަހުން ހުށަހަޅާފައިވާ މާލީ ބަޔާންތަކާއި އިދާރާގެ ހިސާބުތަކާ ދެމެދު ފަރަގުތަކެއް ހުރި ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

މަސްވެރިކަމާއި ބްލޫ އިކޮނޮމީއާ ގުޅޭ ޓެކްނިކަލް ޓްރެއިނިންގް ފަށައިފި

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ އާއި ޗައިނާގެ ހައިނާން ޔުނިވަސިޓީ ގުޅިގެން، މަސްވެރިކަމާއި ބްލޫ އިކޮނޮމީއާ ގުޅޭ ޓެކްނިކަލް ޓްރެއިނިންގްއެއް މިއަދު ފަށައިފިއެވެ.

ރަސްމާލޭގައި ޔޫއޭއީގެ ކުންފުންޏަކުން 12 ބިލިއަން ޑޮލަރުގެ ބިޔަ އިންވެސްޓްމަންޓެއް

ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެންމެ މަޝްހޫރު އެއް ކުންފުންޏާ އެކު ދިވެހި ސަރުކާރުން 12 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ދެންމެ ސޮއިކޮށްފި އެވެ.

ސުޒެއިރު މާރާމާރީ ހިންގި މައްސަލަ ފުލުހުން ތަހުގީގުކުރަނީ

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މައްޗަށް ޚާއްސަ މޮޅެއް ހޯދި މެޗުގައި ހިނގައިދިޔަ މާރާމާރީގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަން ފަށައިފިއެވެ. މިމަހުގެ 17ވަނަ ދުވަހުގެރޭ ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި ހަމަނ…

ޣާޒީ ބިލްޑިންގ ބިމުގައި ހަދާ ޕާކިން ޒޯން މިހަފުތާގައި ހުޅުވާލަނީ

ޣާޒީ ބިލްޑިންގ ހުރި ސަރަޙައްދުގައި ހަދާ ޕާކިން އޭރިއާގެ މަސައްކަތް ނިންމާ ހުކުރު ދުވަހު ހުޅުވާލުމަށް މަސައްކަތްކުރަމުންދާކަމަށް ބިނާރާ ގެދޮރުވެރިކަމާއި އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ޣާޒީ ބިލްޑިންގއަކީ ސަރުކާރުގެ އޮފީސްތައް ހިންގުމަށް ބޭނުންކުރި އެންމެ ދުވަސްވީ އިމާރާތެވެ. އެ އިމާ…

"ނިއޯނޭޓަލް ޚިދުމަތަށް ޒަމާނީ އާލަތްތައް ހޯދުމާއެކު އެ ދާއިރާއިން މީހުން ބިނާކުރަންޖެހޭ"

ނިއޯނޭޓަލް ޚިދުމަތަށް ޒަމާނީ އާލަތްތައް ހޯދުމާއެކު އެ ދާއިރާއިން މީހުން ބިނާކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލު ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިފަދައިން ވިދާޅުވީ "ނިއޯކެއަރ ކޮންފަރެންސް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. …

Loading fresh headlines…