ސިއްހީ ހާއްސަ ފަރުވާތައް މާލެއިން އެކަނި ލިބޭ ގޮތަށް އޮވެެގެން ނުވާނެ: މިނިސްޓަރު
ދުވަސް ނުފުރާ ވިހާ ކުދިންނަށް ފަރުވާ ދިނުމުގައި ގުދުރަތީ ގޮތުން ރާއްޖެ އޮތް ގޮތަށް ރިއާޔަތްކުރަން ޖެހޭ ކަމަށާއި ހާއްސަ ހިދުމަތްތަކާއި ފަރުވާތައް ވެސް ހަމައެކަނި މާލެ އިން ލިބޭ ގޮތަށް ނިޒާމް ބައްޓަންވެފައި އޮވެގެން ނުވާނެ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.