Live 359,050 stories Updated Oct 6, 2026
Browse topics All stories

Latest stories

Live feed

އެސްއެމްއީ ޑިޖިޓަލް އޮޑިން ރަށަށް: ރަށްފުށުގެ ދިރިއުޅުން އާލާކުރުމުގެ ޕްރޮގްރާމެއް

"އެސްއެމްއީ ޑިޖިޓަލް އޮޑިން ރަށަށް" ގެ ފުރަތަމަ އިވެންޓް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ ސްވިމް މޯލްޑިވްސް އިން ރާވައި، އެސްއެމްއީ ޑިޖިޓަލްގެ ޓައިޓަލް ސްޕޮންސަރޝިޕްގެ ދަށުން ވިލިމާލޭގައި ބޭއްވި ހަރަކާތެކެވެ. އެސްއެމްއީ ޑިޖިޓަލް އޮޑިން ރަށަށް ވިލިމާލޭގެ ހަރަކާތުގައި 25 ޓީމެއްގެ އިތުރުން އަމ…

އީގަލް ހިލްސްއާއެކު ކުރިއަށްގެންދާ މަޝްރޫއުގެ ހުރިހާ ރަނގަޅެއް އޮތީ މިއަދުގެ ސަރުކާރާއި ރައީސް މުއިއްޒު އަށް، ސިޔާސީ މީހުން ޖެހިލުންވަނީ އެހެންވެ: މަހުލޫފު

ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް ދިން މަޝްރޫއު ކާމިޔާބުވެ އޭގެ ހުރިހާ ރަނގަޅެއް ލިބޭނީ މިހާރުގެ ސަރުކާރާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށްކަމަށް ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މަހުލޫފު ވިދާޅުވެ…

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުހައްގުން ހޯދާ މާލީ މަންފާ އާއި މުދާ ދައުލަތަށް އަތުލައި، އެފަދަ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި "ކުށްކޮށްގެން ހޯދާ މުދަލާ ބެހޭ ބިލު" ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ( އެމްއޭސިއެލް) ގެ މުވައްޒަފުންނަށް ދޭ ބޯނަސް އަކީ ކޮންމެހެން ދޭން ޖެހޭ ގޮތަށް އޮންނަ އެއްޗެއް ނޫން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިސަރުކާރުގައި ބައެއް ގެތަކަށް ރެއިޑް ޖަހާ މިލިއަނުން ހޯދި ފައިސާ ވަނީ އަނބުރާ ދީފައި، މިހާރު އެބޭފުޅުން ތިއްބެވީ ޕީއެންސީ ކެމްޕެއިންގެ އެންމެ ކުރީ ސަފުގައި: މެންބަރު މީކާއިލް

މިސަރުކާރުގައި ބައެއް ގޭއްގެޔަށް ރެއިޑް ޖަހާ މިލިއަނުން ހޯދި ފައިސާ އަނބުރާ ދީފައިވާ ކަމަށާއި މިހާރު އެބޭފުޅުން ތިއްބެވީ ޕީއެންސީ ކެމްޕެއިންގެ އެންމެ ކުރީ ސަފުގައި ކަމަށް ރައްޔިތުންގެ މަޖިލީޖުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ބާޒާރުމަތީގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ސީރިއަސް އަނިޔާއެއް ނުވޭ: ޕޮލިސް

މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ހޯމަ ދުވަހުގެރޭ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދިވެހި ފިރިހެން މީހާއަށް ސީރިއަސް އަނިޔާ އެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

Loading fresh headlines…