މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ހޯމަ ދުވަހުގެރޭ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދިވެހި ފިރިހެން މީހާއަށް ސީރިއަސް އަނިޔާ އެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 2026 އޮކްޓޫބަރު 5 ވަނަ ދުވަހުގެ ރޭ 22:14 އެހައިކަންހާއިރު އެވެ.

މި ހާދިސާގައި 19 އަހަރުގެ ދިވެހި ފިރިހެނަކަށް އެކިވަރުގެ އަނިޔާތައް ވެގެން ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. ނަމަވެސް، އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

ފުލުހުން ބުނި ގޮތުގައި، މި އެކްސިޑެންޓުގައި ހިމެނޭ އަނެއް ސައިކަލު ދުއްވާފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ފިރިހެނެކެވެ. އަދި އޭނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތްކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.