އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން ކުންފުންޏަށް ދައުވާކުރަން ފޮނުވައިފި
އެމްއެމްޕީއާރްސީ ކޮރަޕްޝަނުގައި ޑޮލަރުގެ މުއާމަލާތްތައް ކުރަން ގެންގުޅުނު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއިލީ މަސްލަހަތު އޮތް ކުންފުންޏެއް ކަމަށްވާ މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.