Live 358,947 stories Updated Oct 6, 2026
Browse topics All stories

Latest stories

Live feed

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ޤާނޫނުން ކޮރަޕްޝަން ނައްތާލެވޭނެ

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ޤާނޫނާއެކު ރާއްޖެއިން ކޮރަޕްޝަން ނައްތާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުއްޖެއެވެ. މަޖިލީހުގެ ގިނަ މެންބަރުން މިހެން ވިދާޅުވެފައިވަނީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ…

ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް، ސައިބަރ ހަމަލާތައް ދަނީ އިތުރުވަމުން

ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީސޮކް) އިން މޮނިޓަރ ކުރަމުންދާ ކަންތައްތަކުގެ ތެރެއިން، ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާކަން ދިވެހި ފުލުހުންގެ ހިދުމަތައް ފާހަގަކުރެވިފައިވާ ކަމަށެވެ.

56 ބައިވެރިންނާއެކު އެމްޓީސީސީގެ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ފަށައިފި

ޒުވާނުން ބާރުވެރިކުރުވައި، މަސައްކަތުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރު ތަރައްގީ ކުރުމުގެ މަގްސަދުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް" 56 ބައިވެރިންނާ އެކު ފަށައިފިއެވެ.

އެސްއެމްއީ ޑިޖިޓަލް އޮޑިން ރަށަށް: ރަށްފުށުގެ ދިރިއުޅުން އާލާކުރުމުގެ ޕްރޮގްރާމެއް

"އެސްއެމްއީ ޑިޖިޓަލް އޮޑިން ރަށަށް" ގެ ފުރަތަމަ އިވެންޓް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ ސްވިމް މޯލްޑިވްސް އިން ރާވައި، އެސްއެމްއީ ޑިޖިޓަލްގެ ޓައިޓަލް ސްޕޮންސަރޝިޕްގެ ދަށުން ވިލިމާލޭގައި ބޭއްވި ހަރަކާތެކެވެ. އެސްއެމްއީ ޑިޖިޓަލް އޮޑިން ރަށަށް ވިލިމާލޭގެ ހަރަކާތުގައި 25 ޓީމެއްގެ އިތުރުން އަމ…

އީގަލް ހިލްސްއާއެކު ކުރިއަށްގެންދާ މަޝްރޫއުގެ ހުރިހާ ރަނގަޅެއް އޮތީ މިއަދުގެ ސަރުކާރާއި ރައީސް މުއިއްޒު އަށް، ސިޔާސީ މީހުން ޖެހިލުންވަނީ އެހެންވެ: މަހުލޫފު

ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް ދިން މަޝްރޫއު ކާމިޔާބުވެ އޭގެ ހުރިހާ ރަނގަޅެއް ލިބޭނީ މިހާރުގެ ސަރުކާރާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށްކަމަށް ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މަހުލޫފު ވިދާޅުވެ…

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުހައްގުން ހޯދާ މާލީ މަންފާ އާއި މުދާ ދައުލަތަށް އަތުލައި، އެފަދަ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި "ކުށްކޮށްގެން ހޯދާ މުދަލާ ބެހޭ ބިލު" ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ( އެމްއޭސިއެލް) ގެ މުވައްޒަފުންނަށް ދޭ ބޯނަސް އަކީ ކޮންމެހެން ދޭން ޖެހޭ ގޮތަށް އޮންނަ އެއްޗެއް ނޫން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

Loading fresh headlines…