Live 358,947 stories Updated Oct 6, 2026
Browse topics All stories

Latest stories

Live feed

މިސަރުކާރުގައި ބައެއް ގެތަކަށް ރެއިޑް ޖަހާ މިލިއަނުން ހޯދި ފައިސާ ވަނީ އަނބުރާ ދީފައި، މިހާރު އެބޭފުޅުން ތިއްބެވީ ޕީއެންސީ ކެމްޕެއިންގެ އެންމެ ކުރީ ސަފުގައި: މެންބަރު މީކާއިލް

މިސަރުކާރުގައި ބައެއް ގޭއްގެޔަށް ރެއިޑް ޖަހާ މިލިއަނުން ހޯދި ފައިސާ އަނބުރާ ދީފައިވާ ކަމަށާއި މިހާރު އެބޭފުޅުން ތިއްބެވީ ޕީއެންސީ ކެމްޕެއިންގެ އެންމެ ކުރީ ސަފުގައި ކަމަށް ރައްޔިތުންގެ މަޖިލީޖުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ބާޒާރުމަތީގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ސީރިއަސް އަނިޔާއެއް ނުވޭ: ޕޮލިސް

މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ހޯމަ ދުވަހުގެރޭ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދިވެހި ފިރިހެން މީހާއަށް ސީރިއަސް އަނިޔާ އެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ކެނދިކުޅުދޫގައި މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރުމަށް މަޝްވަރާކޮށްފި

ނ. ކެނދިކުޅުދޫގައި މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ބާއްވާފައިވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އެ ރަށުގެ ކައުންސިލާއިއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ. މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު …

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭގޮތަށް ޤާނޫނެއް ހަދާއިރު، ކުށް ސާބިތުނުވިޔަސް މުދާ ނެގޭގޮތަށް އޮންނާތީ މެންބަރު ޒިޔާދުގެ ކަންބޮޑުވުން!

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލު މިހާރު އޮތް ގޮތުން، އެ ޤާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރޭސިން އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާއަށް ވާހަކަ ވެސް ނުދެއްކޭ، ބޭރަށް ގެންދަން އެހީ ހޯދަނީ

ލ. ގަމުގައި ކުރިއަށް ގެންދިޔަ "ރޭސިން ޗެމްޕިއަންޝިޕް - ލާމު އެޑިޝަން" ގައި ދުއްވި ސައިކަލަކާ އެކު މޫދަށް ވެއްޓި ހާލު ސީރިއަސްވި ޒުވާނާ އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ގެންދަން ފައިސާ ހޯދަން ޓިކްޓޮކްގައި ލައިވްއެއް ކުރިއަށް ގެންގޮސް 100،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިފި އެވެ.

ލައިސަންސް ނެތް ބިދޭސީއަކު ދުއްވި ސައިކަލެއް އެކްސިޑެންޓުވެ މީހަކު ޒަހަމްވެއްޖެ

ބޮޑުތަކުރުފާނު މަގުގައި ދެ ސައިކަލު ޖެހިގެން ރޭ ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެފައިވާ ކަމަށާއި އެ އެކްސިޑެންޓުގައި ދެން ހިމެނޭ ސައިކަލު ދުއްވީ ލައިސެންސް ނެތް ބިދޭސީއެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ބަންސާލީގެ "އިންޝާﷲ"ގެ މަސައްކަތް އަލުން ފަށަނީ

ބޮލީވުޑްގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އާއި ކާމިޔާބު އެކްޓްރެސް އާލިއާ ބަަޓް، "ލަވް އެންޑް ވޯ"އަށް ފަހު ކުރިން ހުއްޓާލާފައިވާ ފިލްމު "އިންޝާﷲ" އަލުން ފެށުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

Loading fresh headlines…