Live 358,927 stories Updated Oct 7, 2026
Browse topics All stories

Latest stories

Live feed

މިނިސްޓަރު އިހުސާން ސާފުކޮށް އެ ވިދާޅުވީ ސަރުކާރު ޤާނޫނަށްވުރެ މަތިކަން!

އައްޑޫ ސިޓީއަށް ނިސްބަތްވާ މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނާ އަބްދުﷲ އިބްރާހީމް (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަންކުރި މައްސަލައިގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތާމެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. މި މައްސަލައިގައި ހޯމް މިނިސްޓަރުު އަލީ އިހުސާން ދެއްކެވި ވާހަކަފުޅުތަކާއި އަމަލީ ގޮތުން ކ…

ސްޓެލްކޯއާއެކު އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް އައު އުއްމީދެއް

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި، އައްޑޫ މީދޫ އާއި ހުޅުދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތަކަށް ދާއިމީ ހައްލެއް އެދިގެން އައްޑޫގެ އާއްމުން ތިބޭތާ އެތައް އަހަރެއް ވަނީ ވޭތުވެފައެވެ. ޚާއްސަކޮށް އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމުގެ މައްސަލައަކީ އެ ސިޓީގެ ރައްޔިތުންނަށް އުފުލަން…

ހެރީކޭން، ޝިލްޓަންގެ ރެކޯޑާ އެއްވަރުކޮށް، ޖެހީ ދެ ގޯލު

އިނގިރޭސި ގައުމީ ކެޕްޓަން ހެރީކޭން ޕީޓަ ޝިލްޓަންގެ ރެކޯޑާ ހަމަހަމަ ކޮށްފިއެވެ. ކުރީގެ ޤައުމީ ކީޕަރު ޝިލްޓަން އަކީ އިނގިރޭސި ޤައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއެވެ. އޭނާގެ 125 މެޗުގެ ރެކޯޑާ ކޭން އަރައި ހަމަކުރީ ރޭ ޗެކިއާ އަތުން 3-0އިން އިނގިރޭސިން މޮޅުވި މެޗުގައެވެ. މި …

އިތުބާރު ގެއްލުވާލީ ކޯޗު، އަލުން ޤައުމީ ޓީމަށް ކުޅޭނަން: ރޮނާލްޑޯ

ވަކި އެއްޗެއް ނާންގައި ގައުމީ ޓީމުން ވަކިވީ، ކޯޗު ޖޯޖް ޖެސޫސް ތަކުރާރުކޮށް ވައުދަށް އިހްތިރާމު ނުކުރުމުން ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ. ހުސްވި ހަފުތާގައި ރޮނާލްޑޯ ގައުމީ ޓީމުން ވަކިވީ، ނޯވޭ އަތުން ޕޯޗުގަލް 2-1އިން މޮޅުވި ފުރަތަމަ މެޗަށް ފަހުއެވެ. އޭނާ ފުރައިގެން ދިޔަ…

ސިނަރއަށް އަނިޔާވެ، މިސީޒަންގައި ނުފެންނާނެ

ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ ފިރިހެން ޓެނިސް ކުޅުންތެރިޔާ އިޓަލީވިލާތުގެ ޔަނިކް ސިނަރގެ ކަނާތު ކަކުލަށް ލިބިފައިވާ އަނިޔާ ރަނގަޅުނުވެ ދިގުލައިގެންދާތީ މިސީޒަންގައި އިތުރަށް ނުކުޅެވޭނެކަނަށް އޭނާ ހާމަކޮށްފިއެވެ. ސިނަރ މިކަން ހާމަކޮށްފައިވަނީ އިންސްޓަގްރާމްގައި އާންމު ކުރި ވީޑިއޯ މެސެޖ…

ޖަޕާން އޯޕަންގެ ޗެމްޕިއަންކަން އަލްކަރާޒް ކާމިޔާބު ކޮށްފި

ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި ބޭއްވި ޖަޕާން އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒް ކާމިޔާބު ކޮށް ތަށި ދިފާއު ކޮށްފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން އަލްކަރާޒް ކާމިޔާބު ކޮށްފައިވަނީ ފައިނަލްގައި ޗެކިއާގެ ޔީރީ ލެހެޗްކާ އާއި ބ…

މެސީގެ ލަނޑަކާއެކު ވަދާއީ މެޗުން އާޖެންޓީނާ މޮޅުވެއްޖެ

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ގޮތުން ކުޅުނު ފަހު މެޗުގައި އޭނާ ޖެހި ލަނޑާއެކު 3-0 ގެ ނަތީޖާއަކުން ބެނިން އަތުން އާޖެންޓީނާ މޮޅުވެއްޖެއެވެ. އެކުވެރިކަމުގެ މެޗެއްގައި ބޮއިނިސް އައިރިސްގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި 80 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކު…

ހުޅުލާމޭގައި ނުރައްކާތެރި އެކްސިޑެންޓެެއް، 3 މީހުންގެ ހާލު ސީރިއަސް

ހުޅުލާމޭގައި ނުރައްކާތެރި އެކްސިޑެންޓެެއް ހިނގައި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ. ރޭ ދަންވަރު ހުޅުމާލޭ ފޭސް2 ގައި ހިންގި އެކްސިޑެންޓުގައި، އަނިޔާވި ތިން މީހުންނަށް ފަރުވާދެމުންދަނީ ހުޅުލާލޭ ހޮސްޕިޓަލުގައެވެ. ފުލުހުން ވިދާޅުވީ މިއެކްސިޑިޑެންޓު ހިނގާފައިވަނީ ދެސައިކަލެއް ޖެހިގެން ކަމ…

އެމެރިކާ ސިފައިންގެ ކުށްތައް ގިނަކަމުން ޖަޕާނުން އަސްކަރީ މަރުކަޒުތައް ބޭރުކުރަން ގޮވާލައި މުޒާހަރާކޮށްފި

ޖަޕާނުގެ އަންހެނަކު މަރާލި ކަމުގެ ތުހުމަތުގައި އެމެރިކާގެ މެރިން ސިފައިންގެ މީހަކު ހައްޔަރުކުރުމާ ގުޅިގެން، ރުޅިގަދަވެފައިވާ އެތައް ބަޔަކު، ޓޯކިޔޯގައި ހުންނަ އެމެރިކާގެ އެމްބަސީ ކުރިމައްޗަށް އެއްވެ، އެމެރިކާ ސިފައިން ހިންގާ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ވަރުގަދަ މުޒާހަރާއެއް ކޮށްފި އެވެ.

Loading fresh headlines…