ހުޅުމާލެ 2 ގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެގެން ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
ރޭ ދަންވަރު 2:55 ހާއިރު ނިރޮޅުމަގުގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓުގައި ފަސް މީހުންނަށް އެކި ވަރުގެ އަނިޔާތައް ވެފައިވާއިރު ތިން މީހަކަށް ފުރަތަމަ ފަރުވާދިނީ ހުޅުމާލެ ހޮސްޕިޓަލްގަ އެވެ. އެކަމަކު އިތުރު ފަރުވާއަށް އެ ތިން މީހުން މިހާރު އަައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"އަދި އަނެއް ދެ މީހުން ވެސް އިތުރު ފަރުވާއަށް އަޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ،" ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖުގައި ވެ އެވެ.
"މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ."