Live 358,927 stories Updated Oct 7, 2026
Browse topics All stories

Latest stories

Live feed

ފްރާންސްގައި ދަރިވަރުންނާއި ޓީޗަރުން ފެށި މުޒާހަރާ ވަރުގަދަވެ ބޮޑު ނުތަނަވަސްކަމެއް

ތައުލީމީ ދާއިރާގެ ހާލަތު ދަށްވުމާއި، ސަރުކާރުން ބަޖެޓް ކުޑަކުރަން ނިންމި ނިންމުމާ ދެކޮޅަށް ފްރާންސްގެ ދަރިވަރުންނާއި ސިވިލް ސާވިސްގެ މުވައްޒަފުން ނުކުމެ ފެށި އިހުތިޖާޖު ވަރުގަދަވެ ގައުމުގެ ތާރީހުގައި ވެސް ފަހަކަށް އައިސް ނުދެކޭ ފަދަ ބޮޑު މުޒާހަރާއަކަށް ބަދަލުވެއްޖެ އެވެ.

ފަހަތުން އަރާ ސްޕެއިނުން ކްރޮއޭޝިޔާ ބަލިކޮށްފި

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ކްރޮއޭޝިޔާ އާއި ދެކޮޅަށް ސްޕެއިން ކުޅުނު މެޗު ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުން ސްޕެއިން ކާމިޔާބުކޮށްފިއެވެ. ގްރޫޕް ތިނެއްގައި ކުޅުނު މި މެޗުން ސްޕެއިން މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕްގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ޖުމްލަ 12 ޕޮއިންޓާއެކު އެއްވަނަ މަގާމް ލިބިފ…

ރައީސްގެ މާލީ ބަޔާން ހިއްސާނުކުރާކަމަށް ފަތުރާ ޚަބަރުތައް ދޮގުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މާލީ ބަޔާން ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެކޮޅުހަދާފައިވާކަމަށް ބުނެ އޮންލައިން ނޫހަކުން ފަތުރާފައިވާ ޚަބަރުތައް އެ އޮފީހުން ދޮގުކުރައްވައިފިއެވެ. ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން، މުޙައްމަދު ޙުސައިން ޝަރީފް ނެރުއްވި ނޫސްބަޔާނެއްގައި…

ޔަހޫދީން ޢުދުވާނަށް 3 އަހަރު ފުރެނީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް 2 މަރު

ޔަހޫދީން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ފަލަސްޠީނުގެ އިތުރު ދެ ރައްޔިތުން ޝަހީދުވެއްޖެއެވެ. ޣައްޒާގެ ޞިއްޙީ އިދާރާތަކުން މަޢުލޫމާތު ދިން ގޮތުގައި ޝަހީދުވި މީހުންގެ ތެރެއިން އެކަކު ޝަހީދުވެފައި ވަނީ ޣައްޒާ ސިޓީގައި ހުންނަ އައް-ޝިފާ ހަސްފަތާލު ކައިރިންނެވެ. ދެވަނަ މީހާ ޝަހީދުވެފައި ވަނީ ހަސްފަތާލާ…

ޤައިދީންނަށް ފަރުވާދިނުމަށް ހުޅުމާލެ ހޮސްޕިޓަލުގައި ޕޯސްޓެއް

ޤައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް ފޯރުކޮށްދެމުންދާ ސިއްޚީ ފަރުވާ ތަރައްޤީކުރުމުގެ ގޮތުން، އިދާރީ މަސައްކަތްކުރުމަށް ހުޅުމާލެ ހޮސްޕިޓަލުގައި "ކަރެކްޝަނަލް ހެލްތްކެއަރ ސަޕޯރޓް"ގެ ނަމުގައި ޕޯސްޓެއް ހުޅުވައިފިއެވެ. އެކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި ހުޅުމާލެ ހޮސްޕިޓަލްގެ ސީނިއަރ މެނޭޖްމަންޓާއި …

ވަގު ޓީޓީ މައްސަލައިގައި 109 އަހަރަށް ޖަލަށްލި ޝިފާއު ގޭބަންދަށް

ބޭރުގެ ކުންފުނިތަކަކަށް އޮޅުވާލައި ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޮޑެތި އަދަދުތަކުން މުދާ ހޯދި މައްސަލާގައި ދައުލަތުން ކުރި އެކި ދައުވާތައް ސާބިތުވެ، 109 އަހަރަށް ޖަލަށްލާފައިވާ ހުސައިން ޝިފާއު، ގޭބަންދަށް ބަދަލުކޮށްފިއެވެ.

ޝިފާއު ވަގުތީގޮތުން ގޭބަންދަށް ބަދަލުކުރީ ބޭސްފަރުވާއަށް

ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލަ ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ ހުސައިން ޝިފާއު، ވަގުތީގޮތުން ގޭ ބަންދަށް ބަދަލުކުރީ ސިއްހީ ސަބަބުތަކަށްޓަކައި ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވ…

އުލިގަމުގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި

ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމްކުރުމަށް ސަރުކާރުން ފަށާފައިވާ ޚާއްސަ މަޝްރޫޢުގެ ތެރެއިން ހއ. އުލިގަމުގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފިއެވެ. މިކަމައްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ…

ހުރްމުޒްއިން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް ހަމަލާއެއް، 12 ފަޅުވެރިން ޒަހަމް

ޕެނާމާގެ ދިދައިގައި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ”އޮން ޕީސް“ ތެޔޮ ޓޭންކަރަށް ގޮތް ނޭނގޭ ހަމަލާއެއް އަމާޒުވެ 12 ފަޅުވެރިންނަށް ޒަޚަމްވެފައިވާ ކަމަށް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ. އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އެޖެންސީއިން ބުނީ އޮކްޓޯބަރު މަހުގެ 5ވަނަ ދުވަހު …

Loading fresh headlines…