ހުޅުލާމޭގައި ނުރައްކާތެރި އެކްސިޑެންޓެެއް ހިނގައި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

ރޭ ދަންވަރު ހުޅުމާލޭ ފޭސް2 ގައި ހިންގި އެކްސިޑެންޓުގައި، އަނިޔާވި ތިން މީހުންނަށް ފަރުވާދެމުންދަނީ ހުޅުލާލޭ ހޮސްޕިޓަލުގައެވެ. ފުލުހުން ވިދާޅުވީ މިއެކްސިޑިޑެންޓު ހިނގާފައިވަނީ ދެސައިކަލެއް ޖެހިގެން ކަމަށެވެ. އެކްސިޑެންޓުގައި 4 މީހަކަށް އަނިޔާވެފައިވާއިރު، ތިން މީހުންގެ ހާލު ސީރިއަސް ކަމަށެވެ.

ހާލު ސީރިއަސްވި މީހުންނަށް އިތުރު ފަރުވާއަށް އައިޖީއެމް ހޮސްޕިޓަލށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މިހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.