Live 358,681 stories Updated Oct 13, 2026
Browse topics All stories

Latest stories

Live feed

އެއްބަސްވުމެއްގައި އޮންނަ އަކުރެއްވެސް ނުފޮރުވާނެ ކަމަށް ވިދާޅުވެ ވެރިކަމަށް އައި ރައީސް މުއިއްޒު، ރާއްޖޭގެ ބިމެއް ވިއްކާލުމަށްފަހު މުޅި އެއްބަސްވުން ފޮރުވައިފި: ދީދީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެ މަނިކުފާނު ގާއިމްކުރައްވާ އެއްބަސްވުމެއްގެ އެންމެ އަކުރެއް ވެސް ނުފޮރުވާނެ ކަމަށް ވިދާޅުވުމަށްފަހުގައި ކަމަށާއި އެހެން ނަމަވެސް ރަސްމާލޭގެ ބޮޑު ބައެއް ވިއްކާލުމަށްފަހު މުޅި އެއްބަސްވުން ފޮރުވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގ…

ގައްދޫ ބަލިކޮށް ލީގުގެ ފުރަތަމަ މޮޅު ބުރުން ހޯދައިފި

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ގައްދޫ ރެކްރިއޭޝަން ކްލަބް 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައި، ލީގުގެ ފުރަތަމަ ތިން ޕޮއިންޓް ކަށަވަރުކޮށްފިއެވެ. މި މެޗާ ކުރިމަތިލީއިރު ލީގުގައި ކުޅުނު އެއްވެސް މެޗަކުން މި ދެ ޓީމަށް ވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. ނަމަވެ…

ސިވިލް ސަރވިސް މުވައްޒަފުން ނެގުމުގެ ނިޒާމު އޮންލައިން ކުރަނީ

ސިވިލް ސަރވިސްއަށް މުވައްޒަފުން އައްޔަނުކުރުމުގެ ނިޒާމު، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ދެފުއްފެންނަ ގޮތެއްގައި ކުރިއަށްގެންދެވޭނެ ސިސްޓަމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ރަސްމާލެ މަޝްރޫއުގެ ސަބަބުން ބޭރު މީހުން ރަށްވެހިވެ ކުރިމަތިވެދާނެ ނުރައްކާތައް އެބަހުރި، އިލްމުވެރިންގެ ގުޅުމުން އެދުނީ އެ ހުރިހާ ކަންބޮޑުވުންތައް ރައީސް މުއިއްޒުއާ ހިއްސާ ކޮށްދެއްވުމަށް!

ރަސްމާލޭގައި ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޒޯން މަޝްރޫއާ ގުޅިގެން ހުރި ބޮޑެތި ކަންބޮޑުވުންތަކާ ގުޅޭގޮތުން، އިލްމުވެރިންގެ ގުޅުމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާ ބައްދަލުކޮށް، އެ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށް…

ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ 2 ފަނޑިޔާރުން ވަކިކޮށްލީ ފަޅި ސިކުންތެއް ތެރޭގައި، އެކަން ކުރެއްވި މެންބަރުން ޖިނާއި އިޖުރާތާއި ޝަރުއީ ނިޒާމޭ ކިޔާ "އަނގަފުޅާ" ކުރަން ލަދުގަންނަން ޖެހޭ: އައްބާސް

ރައްޔިތުންގެ މަޖިލީހުން ސްޕްރީމް ކޯޓުގެ 2 ފަނޑިޔާރުން ވަކި ކޮށްލީ ފަޅި ސިކުންތެއް ތެރޭގައި ކަމަށާއި، އެކަން ކުރެއްވި މެންބަރުން ޖިނާއީ އިޖުރާތާއި ޝަރުއީ ނިޒާމޭ ކިޔާ "އަނގަފުޅާ" ކުރަން ލަދުގަންނަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

ރަސްމާލެ މައްސަލަ ބޭރުކޮށްލުމަކީ ސަރުކާރުގެ ކޮންޓްރޯލް ދަށަށް ސުޕްރީމް ކޯޓު ގޮސްފައިވާ މިންވަރު ހާމަވާ ކަމެއް، މިއީ ހައްދުފަހަނައަޅައި ދިއުން: ކުރީގެ އުއްތަމަ ފަނޑިޔާރު

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ރައީސް މުއިއްޒުގެ ސަރުކާރުން އީގަލް ހިލްސް އަށް ދިން މައްސަލަ ޤާނޫނުއަސާސީއާ ހިލާފުކަމަށް ބުނެ، އެކަން ހުއްޓުވުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބޭރުކޮށްލުމަކީ، އަދުލުއިންސާފު ގާއިމުކުރުމުގެ ނިޒާމުގެ މިނިވަންކަން ގެއްލި، ސަރުކާރުގެ ކޮންޓްރޯލް…

ހެޔޮއެދޭ މީހުން ރައީސަށް ދޭ ފައިސާގައި ހިފުން މަނަލެެއް ނޫން: ޔާމީން

ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކަށް ހެޔޮއެދޭ ފަރާތްތަކުން ފައިސާ ދޭނެ ކަމަށާއި އެ ފައިސާގެ މުގާބިލުގައި ވަކި ކަމެއް ނާޖައިޒު ގޮތުގައި ނުކޮށްދޭ ހާލަތުގައި އޭގައި ހިފުމަކީ މައްސަލައެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…