Live 358,631 stories Updated Oct 17, 2026
Browse topics All stories

Latest stories

Live feed

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގެ މަންފާތައް ފޮރުވުމަށް ފަތުރަނީ ބުހުތާނު ދޮގުތަކެއް: ޝުޖާއު

ރަސްމާލެ މަޝްރޫއުގެ ސަބަބުން ދިވެހިންނަށް ލިބެން ހުރި ބޯހިޔާވަހިކަން ގެއްލޭ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއްބަސްވުމުގެ ހަގީގީ މަންފާތައް ފޮރުވުމަށް ފަތުރާ ބުހުތާނު ދޮގުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 14 ބިމެއް ދައުލަތަށް ނަގާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަނީ

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 14 ބިމެއް ދައުލަތަށް ނަގަން ނިންމާފައިވާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އައްޑޫ މީދޫގެ ދަނޑުވެރިކަން ކުރިއަރުވަން މުހިންމު 3 އެއްބަސްވުމެއް

އައްޑޫ މީދޫގައި ދަނޑުވެރިކަން ކުރިއެރުވުމަށް މީދޫ ކައުންސިލުން މަސްވެރިކަމާ ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއެކު މުހިންމު 3 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ދަނޑުވެރިކަމާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ހަސަން ދީދީއެވެ. އަދި މ…

އިޒްރޭލަށް ކުރާ ދަތުރުތަކުގައި ރާއްޖެ ހިމެނޭހެން 31 ޤައުމެއްގެ ކްރޫއިން ބޭނުން ނުކުރަން އަންގައިފި

ދުބާއީން ފުރައިގެން އިޒްރޭލަށް ދަތުރުކުރި ފްލައި ދުބާއީގެ ފްލައިޓެއް ހައިޖެކް ކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ހާދިސާއަކާ ގުޅިގެން، އިޒްރޭލަށް ކުރާ ދަތުރުތަކުގައި ދިވެހިރާއްޖެ ހިމެނޭހެން މުސްލިމް އަޣުލަބިއްޔަތު އޮތް 31 ޤައުމެއްގެ ޕައިލެޓުންނާއި ކްރޫއިން ބޭނުން ނުކުރަން އެ ގައުމުން އަންގައިފިއެވެ.

ސައިކަލެއްގެ އަސްލު ނަންބަރު ބޯޑު ބަދަލުކޮށް، ވަގަށް ނެގި 3 މީހަކު ހައްޔަރުކޮށްފި

މާލެ، ކާނޭޝަން މަގު، ގޯޅިގަނޑެއްގައި ހުރި ސައިކަލެއްގެ އަސްލު ނަންބަރު ބޯޑު ނައްޓައި، އެހެން ނަންބަރު ބޯޑެއް ހަރުކޮށްގެން ސައިކަލު ވަގަށް ނަގަން އުޅުނު ކަމަށް ތުހުމަތުކުރެވޭ 3 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މުއްދަތުގެ ތެރޭގައި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އިލްތިމާސްކޮށްފި

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގައި ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ ބަލައި، ޝަކުވާ ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރައްވައިފިއެވެ. އެ ކޮމިޝަނުން މ…

ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިން ޒައިތޫނި ގަސްތަކުގައި ހުޅުޖަހަނީ

ހުޅަނގު އައްސޭރީގެ އަވަށެއްގައި ފަލަސްޠީނުގެ ރައްޔިތުން ޒައިތޫނި ބިންނަން ތިއްބައި، މޫނު ނިވާކޮށްގެން ތިބި 80 އަށްވުރެ ގިނަ ޔަހޫދީ ވަޒަންވެރިން ރާވައިގެން ދިން ނުރައްކާތެރި ހަމަލާއެއްގައި ބޭރުގެ ނޫސްވެރިއަކު ހިމެނޭހެން މަދުވެގެން 2 މީހަކު ޒަޚަމްކޮށްލުމުގެ އިތުރުން ޒައިތޫނި ގަސްތަކުގައި ރޯކޮއްލައިފިއ…

Loading fresh headlines…