Live 358,505 stories Updated Oct 20, 2026
Browse topics All stories

Latest stories

Live feed

ޑޮލަރު ލިބުން ދަތިވެ، ބޭރުގެ ކިޔަވާ ކުދިންނާއި ވިޔަފާރިވެރިންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާތީ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

ޑޮލަރު ލިބުން ދަތިވެ، ބޭރުގެ ކިޔަވާ ކުދިންނާއި ވިޔަފާރިވެރިންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާތީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޣައްޒާގެ 5 ލައްކަ މީހުންނަށް ދޭ ކާބޯތަކެތީގެ އެހީ މެދުކަނޑާލައިފި

މާލީ އެހީތެރިކަން ލިބުން ދަތިވުމުގެ ސަބަބުން، ޣައްޒާގައި ހިންގާ ކާބޯތަކެތީގެ އެހީގެ ޕްރޮގްރާމްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އެ ސަރަހައްދުގެ 5 ލައްކަ މީހުންނަށް މަހުން މަހަށް ފޯރުކޮށްދެމުންދިޔަ ކާބޯތަކެތީގެ އެހީ މެދުކަނޑާލަން ޖެހިފައިވާ ކަމަށް އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔުއެފްޕީ) އިން …

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްގީކުރާ ސަރަހައްދާ ގުޅިގެން އޮތް އެންމެ ބޮޑު ދީނީ ކަންބޮޑުވުމަކީ، ހައުސިންގ މިނިސްޓަރު މަނާކުރައްވާނެ ކަމަށް ވިދާޅުވި ފައްޅިއެއް ނުވަތަ ފެސްޓިވަލެއްގެ މައްސަލަ ނޫން ކަމަށާއި، ހަގީގީ ނުރައްކަލަކީ ދިވެހީން ދާއިމީކޮށް ދިރިއުޅޭ މާހައުލެއްގައި ޓޫރިސްޓް ރިސޯޓުތަކުގެ އުސ…

30،000ރ. ގެ ސްކޭމެއް ހިންގި މައްސަލާގައި ދުވަސްވީ އަންހެނަކު ހޯދަނީ

އެންޓި ސްކޭމް ސެންޓަރުން ތަހުގީގުކުރަމުންދާ 30،000ރ. ގެ ސްކޭމެއްގެ މައްސަލައެއްގައި އަންހެނަކު އުޅޭ ވަކި ތަނެއް ނޭނގިގެން ޗިޓު ހަވާލުނުކުރެވިގެން އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.

އެކްސިޑެންޓު މަދުކުރަން ހުޅުމާލޭގެ ސްޕީޑު ބްރޭކަރުތައް ބަދަލުކުރަނީ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ހުޅުމާލޭގެ ބައެއް މަގުތަކުގައި ސްޕީޑު ބްރޭކަރުތައް ހަދައި، ބައެއް މަގުތަކުގައި ހަދާފައި ހުރި ސްޕީޑު ބްރޭކަރުތައް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ، އެކްސިޑެންޓުތައް މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ކޯޕަރޭޝަނުން ފަށާފައިވާ މަ…

ލޭ ރައްކާކުރުމާއި ލޭ އެޅުމާއި ގުޅޭ 2 އުސޫލެއް ތައާރަފްކޮށްފި

"ނޭޝަނަލް ގައިޑްލައިން އޮން ބްލަޑް ޑޮނަރ އެސެސްމެންޓް އެންޑް ސެލެކްޝަން ޕްރޮސީޖަރ" ގެ ސަބަބުން، ލޭ ހަދިޔާކުރާ ފަރާތްތަކުގެ ޞިއްޙީ ފެންވަރު ބެލުމާއި، ލޭ ލިބިގަންނަ ބަލިމީހާގެ ރައްކާތެރިކަން އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށް އުސޫލުތަކެއް ޤާއިމުވެގެންދާނެ ކަމަށް ސިއްހަތާއި އާއިލާއާއި އިޖްތިމާއީ އ…

ސުނާމީ ބިނާއިން ފެށިގެން ސޯޝަލް ސެންޓަރާ ހަމައަށް މަގު ބަންދުކުރަނީ

ބޮޑުތަކުރުފާނު މަގު މަރާމާތު ކުރުމުގެ މަސައްކަތަށް ސުނާމީ ބިނާއިން ފެށިގެން ސޯޝަލް ސެންޓަރާ ހަމައަށް އޮތް ސަރަހައްދު ބަންދުކުރުމަށް އެހިސާބުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމަށް އަންގައިފި އެވެ.

ރަސްމާލެ މަޝްރޫއު މަޑުޖައްސާލައި، މި މަޝްރޫއުއާ ގުޅޭ ހިސާބުތައް ދެއްކުމަށް ޒަރިޔަންދު ގޮވާލައްވައިފި

ރަސްމާލެ މަޝްރޫއު މަޑުޖައްސާލައި، މި މަޝްރޫއުއާ ގުޅޭ ހިސާބުތައް ދެއްކުމަށް މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއިލް ޒަރިޔަންދު ގޮވާލައްވައިފި އެވެ.

Loading fresh headlines…