11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓު އަޅަން މެލޭޝިއާގެ ކުންފުންޏަކާއެކު ސޮއިކޮށްފި
އެގާރަ ރަށެއްގައި ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ ފެންވަރުގެ އައިސްޕްލާންޓު އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް މެލޭޝިއާ އެސްޑީއެން ބީއެޗްޑީ ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.