"ނޭޝަނަލް ގައިޑްލައިން އޮން ބްލަޑް ޑޮނަރ އެސެސްމެންޓް އެންޑް ސެލެކްޝަން ޕްރޮސީޖަރ" ގެ ސަބަބުން، ލޭ ހަދިޔާކުރާ ފަރާތްތަކުގެ ޞިއްޙީ ފެންވަރު ބެލުމާއި، ލޭ ލިބިގަންނަ ބަލިމީހާގެ ރައްކާތެރިކަން އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށް އުސޫލުތަކެއް ޤާއިމުވެގެންދާނެ ކަމަށް ސިއްހަތާއި އާއިލާއާއި އިޖްތިމާއީ އެހީއާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ލޭ ރައްކާކުރުމާއި ލޭ އެޅުމާއި ގުޅޭ 2 އުސޫލެއް ތައާރަފްކޮށްފި
ލޭ ރައްކާކުރުމާއި ލޭ އެޅުމާއި ގުޅޭ 2 އުސޫލެއް ތައާރަފްކޮށްފި

މިއަދު އިފްތިތާޙުކުރެވުނު 'ނޭޝަނަލް ސްޓޭންޑަރޑްސް ފޮރ ބްލަޑް ބޭންކްސް އެންޑް ބްލަޑް ޓަރާންސްފިއުޝަން ސަރވިސަސް' އަދި 'ނޭޝަނަލް ގައިޑްލައިން އޮން ބްލަޑް ޑޮނަރ އެސެސްމެންޓެ އެންޑް ސެލެކްޝަން ޕްރޮސީޖަރ' އަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު އައު ހަރުފަތަކަށް ގެންގޮސްދޭނެ ވަރަށް ބޭނުންތެރި މިންގަނޑުތަކެއް ކަން ސިއްހީ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

މި ލިޔެކިޔުންތައް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު ޚަދީޖާ އަބްދުއްސަމަދު އަބްދުﷲ އެވެ. މި އުސޫލުތައް ތައާރަފުކުރުމަކީ ރާއްޖޭގައި ލޭ އެޅުމުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، އަދި ޞިއްޙީ ނިޒާމަށް ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ބޮޑުކުރުމަށް ކުރަމުންދާ މަސައްކަތުގެ ވަރަށް މުހިންމު ބައެއް ކަމަށް ސިއްހީ ވުޒާރާއިން ވަނީ ބުނެފައެވެ.

ނޭޝަނަލް ސްޓޭންޑަރޑްސް ފޯރ ބްލަޑް ބޭންކްސް އެންޑް ބްލަޑް ޓްރާންސްފިއުޝަން ސަރވިސަސް" އަކީ ރާއްޖޭގައި ހިންގާ ހުރިހާ ބްލަޑް ބޭންކުތަކަކާއި، ލޭ އެޅުމުގެ ޚިދުމަތް ދޭ އެންމެހައި މަރުކަޒުތަކުގެ ފެންވަރާއި، ރައްކާތެރިކަން އަދި އެއްހަމަކަން ކަށަވަރުކުރުމަށް އެކުލަވާލެވުނު ޤައުމީ އޮނިގަނޑެކެވެ.

ނޭޝަނަލް ބްލަޑް ކައުންސިލުން ވަނީ މި ލިޔެކިޔުންތައް އެކުލަވާލުމުގައި އެހީތެރިވެދެއްވި ޓެކްނިކަލް ވަރކިންގ ކޮމިޓީތަކާއި، އަދި ޚާއްސަ ގޮތެއްގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ)، އިންޓަރނޭޝަނަލް ސޮސައިޓީ އޮފް ބްލަޑް ޓްރާންސްފިއުޝަން، ދަ ހޮންކޮންގ ރެޑް ކްރޮސް ބްލަޑް ޓްރާންސްފިއުޝަން ސަރވިސް، އަދި ތައިލެންޑުގެ ނޭޝަނަލް ބްލަޑް ސެންޓަރު ފަދަ ތަންތަނުގެ ފަންނީ އެހީތެރިކަން ފާހަގަކޮށް، ޝުކުރު އަދާކޮށްފައިވާ ކަމަށް ސިއްހީ ވުޒާރާއިން ބުނެފައިވެއެވެ.