Live 342,503 stories Updated Feb 17, 2026
Browse topics All stories

Latest stories

Live feed

އިސްތިއުމާރުކޮށްފައިވާ ތަންތަނަކީ އިސްރާއިލުގެ މިލްކެއްކަމަށް ކަނޑައެޅުން ރާއްޖެއިން ކުށްވެރިކޮށްފި

ހުޅަނގު އައްސޭރީގެ އިސްތިއުމާރުކޮށްފައިވާ ބިންތަކަކީ އިސްރާއީލުގެ މިލްކިއްޔާތެއް ކަމުގައި ކަނޑައެޅުމަށް އެ ގައުމުގެ އިސްތިއުމާރީ ބާރުތަކުން ނިންމި ނިންމުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ރަސްމީ ދަތުރުފުޅެއްގައި ރައީސް ބަންގްލަދޭޝަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރަސްމީ ދަތުރުފުޅެއްގައި ބަނގްލަދޭޝްއަށް މިރޭ ފުރާވަޑައިގެންފިއެވެ. މިއީ މިހިނގާ ފެބުރުވަރީ މަހުގެ 16 އިން 18 އަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މިދަތުރުފުޅެކެވެ. ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރު، ޑޮކް…

އުކްލާ ސްޕީޑް ޓެސްޓް އެވޯޑު އުރީދޫއަށް

ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ އާއި ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމުގައި އުރީދޫ މޯލްޑިވްސް އިން އެންމެ އިސްކޮށް ހަރަކާތްތެރިވާ މިންވަރު ފާހަގަކޮށް ރާއްޖޭގެ ބެސްޓް ފިކްސްޑް ނެޓްވޯކްގެ "އުކްލާ ސްޕީޑް ޓެސްޓް އެވޯޑް" އުރީދޫ މޯލްޑިވްސް އަށް ދީފި އެވެ.

ހުޅަނގު އައްސޭރީގެ ބިންތައް އިޒްރޭލުން މިލްކުކުރަން އުޅޭތީ ރާއްޖޭގެ ނުރުހުން

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބޮޑެތި ބިންތަކެއް އިޒްރޭލުގެ މިލްކިއްޔާތެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް ޔަހޫދީންގެ ދައުލަތުން ނިންމި ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކޮށް، އެކަން ހުއްޓުވުމަށް ދުނިޔެ އަށް މިއަދު ގޮވާލައިފި އެވެ.

ޔާމީންގެ މަރު: ސިއްރު ހެކިވެރިޔާގެ ސިޓީގެ ސައްހަކަން ކޯޓުން ކަށަވަރު ކުރަނީ

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ސިއްރުން ހެކިބަސް ދިން މީހާ، އޭނާގެ ހެކިބަސް އަނބުރާ ގެންދަން ބޭނުންވާ ކަމަށް ބުނެ ކްރިމިނަލް ކޯޓަށް ފޮނުވި ކަމަށް ބުނާ ސިޓީގެ ސައްހަ ކަން ކަށަވަރު ކުރަން ކޯޓުން މަސައްކަތް ކުރާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީންގެ ބެންޗުން ބުނެފި އެވެ.

ފައްކާކޮށްފައިވާ ހުރިހާ ޔުރޭނިއަމެއް އީރާނުން ބޭރުކުރަން ޖެހޭނެ: ނަތަންޔާހޫ

އީރާންގެ ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން އެ ގައުމާއި އެމެރިކާއާ ދެމެދު ކޮންމެ ގޮތަކަށް އެއްބަސްވި ނަމަވެސް އީރާނުން ފައްކާކޮށްފައިވާ ހުރިހާ ޔުރޭނިއަމެއް އެ ގައުމުން ބޭރުކުރުމަށާއި އިތުރަށް ޔުރޭނިއަމް ފައްކާ ނުކުރެވޭނެ ގޮތް ހެދުން ހިމަނަން ޖެހޭނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނ…

ޣައްޒާ އާރާސްތުކުރަން ފަސް ބިލިއަން ޑޮލަރު ދޭނެކަމަށް ގައުމުތަކުން ވަނީ ބުނެފައި: ޓްރަމްޕު

ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓާލަން ވީ އެއްބަސްވުމުގެ ދަށުން އުފެއްދި "ބޯޑް އޮފް ޕީސް" ގެ މެންބަރު ގައުމުތަކުން، ޣައްޒާ އާރާސްތުކުރުމަށް މިހާތަނަށް ފަސް ބިލިއަން ޑޮލަރު ދޭން ހުށަހަޅާފައިވާ ކަމަށާއި އެކަމަކު އޭގެ ކުރިން ހަމާސް އިން ހުރިހާ ހަތިތާރެއް ވަގަުތުން ބަހައްޓަން ޖެހޭނެ ކަމަށް އެމެރި…

Loading fresh headlines…