Live 342,489 stories Updated Feb 17, 2026
Browse topics All stories

Latest stories

Live feed

މިއަދު ޕީއެންސީ އާއި ކުރަންވީ ސުވާލަކީ ބަޖެޓް އެހާ ބޮޑު އިރު ކުރާ މަސައްކަތެއް ނުފެންނަނީ ކީއްވެގެންތޯ: ފުވައްމުލައް ސީޓީގެ މޭޔަރ

މި ސަރުކާރުން އެކުލަވާލާ ބަޖެޓް އެހާ ބޮޑު އިރު ވެސް ސަރުކާރުން ކުރާ މަސައްކަތެއް ނުފެންނަނީ ކީއްވެގެންތޯ ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި މިއަދު ސުވާލު ކުރަަން ޖެހޭ ކަމަށް ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއީލް ރަފީޤު ވިދާޅުވެއްޖެ އެވެ.

އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ޕީއެންސީ ކެންޑިޑޭޓުންގެ ހާޒިރުގައި ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެއްލައްކަ ރުފިޔާ ދޭން މުއިއްޒު ނިންމަވައިފި

އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ޕީއެންސީ ކެންޑިޑޭޓުންގެ ހާޒިރުގައި ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި، އިނާޔަތެއްގެ ގޮތުގައި އެއްލައްކަ ރުފިޔާ ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

މާލެހިޔާ/ ސިނަމާލެ ފްލެޓުތަކުގެ ޖޫރިމަނާ މާފުކޮށް، ފައިސާގެ އިނާޔަތެއް ދޭން ރައީސް ނިންމަވައިފި

މާލެ ހިޔާ އާއި ސިނަމާލޭގައި ދިރިއުޅޭ މީހުން އެ ފްލެޓުތަކަށް ދައްކަންޖެހޭ ޖޫރިމަނާ އެކި ސަބަބުތަކާ ހެދި ނުދެއްކޭ މީހުންނަށް ހާއްސަ އިނާޔަތްތަަކެއް ދެއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ނިންމަވައިފި އެވެ.

ބާރުތައް އެއްކޮށްގެން ރައީސް އޮފީހުގައި އިންނަވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރައްވާ ގޮތަށް ވެރިކަން ކުރެއްވުމަކީ ވަރަށް ފަސޭހަކަމެއް: ރައީސް ސޯލިހު

ބާރުތައް އެއްކޮށްގެން ރައީސް އޮފީހުގައި އިންނަވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރައްވާ ގޮތަށް ވެރިކަން ކުރެއްވުމަކީ ވަރަށް ފަސޭހަކަމެއް ކަމަށާއި، އެމްޑީޕީގެ ސިޔާސަތަކީ ބާރުތައް ދޫކޮށް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ތަރައްގީ ގެނައުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވި…

ހެޔޮ ނިޔަތެއްގައި ޤާނޫނުއަސާސީ އިސްލާހު ކުރާ ނަމަ ކުރަންވީ ކަމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން މިނިވަން ވާ ގޮތަށް ޤާނޫނުއަސާސީ އިސްލާހުކުރުން: ފައިސަލް

ހެޔޮ ނިޔަތެއްގައި ޤާނޫނުއަސާސީ އިސްލާހު ކުރާ ނަމަ ކުރަންވީ ކަމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން މިނިވަން ވާ ގޮތަށް ޤާނޫނުއަސާސީ އިސްލާހުކުރުން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިޚާބުގައި ޕީއެންސީން 800 ނުވަތަ 900 ގޮނޑި ކާމިޔާބު ކުރާނެ: ފަލާހް

ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޕީއެންސީން ގާތްގަނޑަކަށް 800 ނުވަތަ 900 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ނިއުކްލިޔަރ މަޝްވަރާތަކަށް ޢީރާނުގެ ޚާރިޖީ ވަޒީރު ޖެނީވާއަށް

އީރާނުގެ ނިއުލްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން އެމެރިކާއާއެކު ނުސީދާ މަޝްވަރާތައް ކުރެއްވުމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ސްވިޒަލެންޑުގެ ޖެނީވާއަށް ވަޑައިގެންފިއެވެ. އީރާނާ ދެކޮޅަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު އެމެރިކާއިން ދެމުން ދިޔަ ނަމަވެސްަ ޓްރަމްްޕް ގެންދަވަނީ އީރާނާއެކު މުއާމަލާތު ކ…

ސިނަމާލެ ފްލެޓާއި މާލެހިޔާގައި ދިރިއުޅޭ ފަރާތްތަކާ ރައީސް ބައްދަލުކުރައްވައިފި

މާލެ ހިޔާ އަދި ސިނަމާލެ ފްލެޓުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މާލެ ހިޔާ އަދި ސިނަމާލެ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކާއި ބައްދަލުކުރެއްވީ މުލިއާގޭގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ…

Loading fresh headlines…