Live 341,681 stories Updated Mar 2, 2026
Browse topics All stories

Latest stories

Live feed

ރަމަޟާން 7ވީ7 ލީގު : ލެގޫންސް މޮޅިވިޔަނުދީ ހިރިއާ ހިފަހައްޓައިފި

މޯލްޑިވްސް ސޮކަރ މޭޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން 7ވީ7 ލީގު 2026 ގެ ވެޓެރެންސް ކެޓަގަރީގަ ލެގޫންސް ސްޕޯޓްސް ކުލަބު މޮޅުވާން ދަނިކޮށް ހިންނަވަރު ހިރިއާ އިން ހުއްޓުވައިފިއެވެ. ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ދެ ޑިވިޝަނެއް ހިމެނެއެވެ. އެގޮތުން 40 އަހަރުން މަތީގެ ވެޓ…

އެތުލެޓިކޯއާ ދެކޮޅަށް ''ކަމްބެކް'' އެއް ހެދިދާނެ: ޔަމާލް

ކޮޕާ ޑެލްރޭގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި އެތުލެޓިކޯ މެޑްރިޑު ބަލިކޮށް، ފައިނަލްގެ ޖާގައެއް ހޯދިދާނެކަމަށް ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް ބުނެފިއެވެ. ސްޕެނިޝް ލަލީގާގައި ވިޔަރެއާލާ ދެކޮޅަށް ކުޅެ 1-4 އިން ބާސެލޯނާ މޮޅުވި މެޗުގައި ލަމީން ޔަމާލް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެ މެޗ…

ރެއާލާ ދެކޮޅަށް ކުޅެން ޖެހުން އެއީ ޓީމު ކުރިއަރާނެ ކަމެއް: ގާޑިއޯލާ

ރެއާލް މެޑްރިޑް ފަދަ ވަރުގަދަ ކުލަބަކާ ދެކޮޅަށް ކުޅެން ޖެހުން އެއީ އަމިއްލަ ޓީމު ކުރިއެރުމަށް ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައި މެންޗަސްޓަރ ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ ބުނެފިއެވެ. ޔޫރަޕުގެ އެންމެ ޝަރަފުވެރި ކުލަބު ފުޓުބޯޅަ މުބާރާތް، ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ގުރު މިހާރު ނަގާފައިވާއިރު، ގަދަ 16 …

މައުސޫމްކަން ސާބިތުނުކޮށްދެވިއްޖެ ނަމަ ޕްރެސްޓިއާނީ ނުގެންގުޅޭނަން: މޮރީނިއޯ

ބެންފީކާގެ ޒުވާން ވިންގަރ ޕްރެސްޓިއާނީއަށް އޭނާގެ މައުސޫމްކަން ސާބިތުކޮށް ނުދެވިއްޖެނަމަ، ބެންފީކާއާއެކު އޭނާގެ ކެރިއަރު ނިމުނީކަމަށް އެ ޓީމުގެ ކޯޗު، ހޯސޭ މޮރީނިއޯ ބުނެފިއެވެ. ބެންފީކާއިން ލީގުގައި ކުރިއަށް ކުޅެން އޮތް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މޮރީނިއޯ ބުނ…

މުއިއްޒުގެ ކުރިމަތީގައި ޚާމަނާއީ އަކީ އިސްލާމީ ގައުމެއްގެ ލީޑަރަކަށް ވެސް ނުވި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިޒްރޭލުން އީރާނަށް ދޭން ފަށާފައިވާ ނުރައްކާތެރި އަދި ޣައިރު ގާނޫނީ ހަމަލާތަކުގައި އެ ގައުމުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލުމާ ގުޅިގެން ދިވެހިރާއްޖޭގެ މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިތާމައިގެ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު އެ…

އިރާނުގެ އައު ލީޑަރުންނާ ވާހަކަދައްކަން ތައްޔާރު: ޓްރަމްޕް

އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާއެކު މިހާރު އެކުލަވާލާފައިވާ އައު ލީޑަރުން އެމެރިކާ ސަރުކާރާ ވާހަކަދައްކަން ބޭނުންވާކަމަށާއި އެހެންކަމުން އެމީހުންނާ ވާހަކަދައްކަން ތައްޔާރަށް ހުރި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

Loading fresh headlines…