Live 341,629 stories Updated Mar 4, 2026
Browse topics All stories

Latest stories

Live feed

ހުރްމުޛް ކަނޑުއޮޅި ބަންދުވުމުގެ ބިރާއެކު ހަކަތައިގެ ބާޒާރަށް ބޮޑު ލޮޅުމެއް

ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ޣައިރުޤާނޫނީ ހަނގުރާމައެއް ފެށުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ލޭނާރުގެ ގޮތުގައި ބެލެވޭ ހުރްމުޛް ކަނޑުއޮޅީގެ ދަތުރުފަތުރު ހުއްޓުމަކަށް އަތުވެއްޖެއެވެ. އީރާންގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ވަނީ ހުރްމުޛް ކަނޑުއޮޅިން ދަތުރު ކުރުން ހުރިހ…

ޑޮލަރު ރޭޓު މައްޗަށް ދާތީ ސުވާލު ކުރުމުން ސައީދު ދެއްކެވީ ދެ އިންތިޚާބު އެއްކޮށްލުން މުހިއްމު ވާ ސަބަބުގެ ވާހަކަ

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ، ސަރުކާރު ހިންގާ ޕީއެންސީ އަށް ދީފި ނަމަ ޑޮލަރުގެ އަގު ހުއްޓުމެއްނެތި މައްޗަށް ދާ ދިއުން ހުއްޓޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން ނަމަވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިން ތާ ވެސް އަހަރުތަކެއް ފާއިތުވެގެން ގޮސްފައިވާއިރު ވެސް މި މައްސަލައަށް ހައްލު ނުލިބޭތީ ސުވާލު ކުރ…

ރިޔާޟުގައި ހުންނަ އެމެރިކާ އެމްބަސީއަށް ޑްރޯން ޙަމަލާތަކެއް

ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް އީރާނުން ޑްރޯން ޙަމަލާތަކެއް ދީފިއެވެ. މިއީ، އީރާނާ ދެކޮޅަށް ޔަހޫދީންނާއި އެމެރިކާ ގުޅިގެން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން ދީފައިވާ ޙަމަލާތަކެކެވެ. އީރާންގެ މިނިވަން ކަމުގެ ދިފާޢުގައި ފަށާފައިވާ ހަނގުރާމައިގައި އީރާ…

ވާލާއި ކާޅު މަރާނަމަ، އެކަން ކުރަން ޖެހޭނީ ޚާއްސަ ސަމާލުކަމެއް ދީގެން: މިނިސްޓަރު މާރިޔާ

ވާލާއި ކާޅުގެ ސަބަބުން ދަނޑުވެރިންނަށް އުނދަގޫ ވާތީ އެކަން ހައްލު ކުރުމަށް ވާލާއި ކާޅު މެނޭޖް ކޮށް، މަރަން ޖެހޭ ހާލަތްތަކުގައި އެކަން ކުރަމުންދާނީ ޚާއްސަ ސަމާލުކަމެއް ދީގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެ…

ދެ އިންތިހާބު އެއްކޮށްލައިގެން ޤާނޫނުއަސާސީއަށް ގެންނަން އުޅެނީ "ބޮޑު ބަޣާވާތެއް": ޞާލިހު

ހަރަދުކުޑަކުރަން ކަމަށްބުނެ ދެ އިންތިހާބު އެއްކޮށްލައިގެން ގާނޫނުއަސާސީއަށް ގެންނަން އުޅެނީ "ބޮޑު ބަޣާވާތެއް" ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ދަނޑުވެރިކަމަށް ގޮއިދޫގައި ޤާއިމްކުރި ފެސިލިޓީ ބޭނުންކުރަން ފަށަނީ

ދަނޑުވެރިކަމުން އުފައްދާ ތަކެތި އަގުއެއްކޮށްގެން ބާޒާރަށް ނެރުމަށް ށ.ގޮއިދޫގައި ޤާއިމްކޮށްފައިވާ ޚާއްސަ ފެސިލިޓީ މިއަހަރު ބޭނުންކުރަން ފައްޓަވާނޭކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމު…

Loading fresh headlines…