ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގުޅިފައިވާ ބަޔާނުގައި ފާހަގަ ކޮށްފައިވާ މަސައްކަތްތަކަށް އެއްބާރުލުން ދޭން ޕީއެންއެފްއިން ވެސް މިއަދު އިގުރާރުވެއްޖެ އެވެ.

3 ރައީސުން ގުޅިގެން ނެރުއްވި ގުޅިފައިވާ ބަޔާނުގައި ފާހަގަ ކޮށްފައިވާ މަސައްކަތްތަކަށް ތަންފީޒު ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި
3 ރައީސުން ގުޅިގެން ނެރުއްވި ގުޅިފައިވާ ބަޔާނުގައި ފާހަގަ ކޮށްފައިވާ މަސައްކަތްތަކަށް ތަންފީޒު ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި

މީގެ ކުރިން އެމްޑީޕީ އިން ވަނީ ތިން ރައީސުން އެކުގައި ކުރާ މަސައްކަތަށް އެއްބާރުލުން ދޭން ނިންމާފަ އެވެ.

3 ރައީސުން ގުޅިގެން ނެރުއްވި ގުޅިފައިވާ ބަޔާނުގައި ފާހަގަ ކޮށްފައިވާ މަސައްކަތްތަކަށް ތަންފީޒު ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި
Raajje.mv

3 ރައީސުން ގުޅިގެން ނެރުއްވި ގުޅިފައިވާ ބަޔާނުގައި ފާހަގަ ކޮށްފައިވާ މަސައްކަތްތަކަށް ތަންފީޒު ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި

ޕީއެންއެެފްގެ ރައީސް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިދިޔަ ހުކުރު ދުވަހު ބައްދަލުކުރައްވައި މި ވަގުތު ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ބަހުސްކުރައްވާފަ އެވެ. 

އެގޮތުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި އަދުގެ ސަރުކާރުން މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅައި، ނޫސް އިދާރާ އެއް ރެއިޑްކޮށް، ނޫސްވެރިންނާއި، ސުލްހަވެރި އިހްތިޖާޖުގެ ބައިވެރިން ޖަލަށްލުން ހިމެނެ އެވެ. ހަމައެހެންމެ އެއްވެ އުޅުމާއި، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ގެއްލުވާލައި، ރައްޔިތުންގެ ބާރު ކެނޑި، އެތައް ޒަމާނެއް ވަންދެން މަސައްކަތް ކޮށްގެން ދިވެހިން ހޯދި ޑިމޮކްރަސީގެ ހަމަތައް ފޮހެވިގެންދާ ގޮތަށް އަމަލުކޮށްފައިވާތީ އެކަމާއި މެދު ވަނީ މަޝްވަރާކޯށްފަ އެވެ.

 އެ ބައްދަލުވުމުގައި ތިން ރައީސުންގެ ފަރާތުން ނެރުނު ގަރާރެއް ވެސް ނެރުއްވާފައިވެ އެވެ. އެ ގަރާރުގައި ހުރި ކަންކަމަށް އެއްބާރުލުން ދިނުމަށް ޕީއެންއެފް އިން ނިންމީ ބުރާސްފަތި ދުވަހު ބޭއްވި ސެނެޓް ބައްދަލު ވުމަށް ފަހުގަ އެވެ.

ޕީއެންއެފް އިން ބުނީ ތިން ރައީސުންގެ މަސައްކަތުގައި ޕީއެންއެފްއިން ބައިވެރިވެ، އެކަންކަމުގައި ދެމިއޮތުމަކީ ގައުމާއި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ.