Live 341,556 stories Updated Mar 5, 2026
Browse topics All stories

Latest stories

Live feed

ސީރިއާގެ ހަނގުރާމައަށް ގޮސް ތުރުކީގައި ތާށިވި ދެމައިން ރާއްޖެ ގެނެސްފި

ސީރިއާގައި ހިނގަމުން ދިޔަ ހަނގުރާމަ އަށް ދިއުމަށް ފަހު، ތުރުކީގައި ތާށިވެފައި ތިބި ދިވެހި އަންހެނަކާއި އޭނާގެ 14 އަހަރުގެ ދަރިފުޅު ރާއްޖެ ގެނެސް ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ކުރަމުން ކަމަށް ބުނެފިއެވެ.

އެފްއޭއެމުން ގެއްލުނު 29 މިލިއަން ރުފިޔާގެ ބޮޑު ބައެއް ޑޮލަރު ވިއްކާ ކުންފުންޏަކަށް، ޑޮލަރެއް ނުލިބޭ!

ހުޅުމާލެ އެކަކުން ފުޓްބޯޅަ ޓްރޭނިން ސްކޫލެއް އެޅުމަށް އެފްއޭއެމަށް ދޫކުރި ބިން، އަމިއްލަ ވިޔަފާރިތަކަށް ކުއްޔަށް ދީގެން ލިބުނު ފައިސާގެ ތެރެއިން ވީނުވީއެއް ނޭނގި ގެއްލިފައިވާ 29.6 މިލިއަން ރުފިޔާ އިން ބައެއް ޑޮލަރު ވިއްކާ ކުންފުންޏަކަށް ޖަމާކޮށްފައިވާ ކަމަށާއި ނަމަވެސް ޑޮލަރު ވެސް އެފްއޭއެމަށް ނުލިބ…

ހުއިފިލަނޑާތައް ނީލަން ކިޔަން ނިންމީ އެތަކެތި ހަލާކުވާނެތީ، ތަކެތީގެ ވެރިފަރާތް ކަނޑައެޅުމުން އެ ފައިސާ އެމީހަކަށް ދޭނަން: އިޙްސާން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާތައް ނީލަން ކިޔަން އިއުލާނުކުރީ އެތަކެތި ބެލެހެއްޓޭނެ ވަސީލަތް ނެތުމުން ކަމަށާއި، ތަކެތީގެ ވެރިފަރާތް ކަނޑައެޅުމުން އެތަކެތި ވިއްކައިގެން ލިބޭ ފައިސާ ޙަވާލު ކުރާނެކަމަށް ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމާއި އެއްވަރުގެ މާލީ އުފެއްދުންތައް ބޭނުންވޭ: ޝަރީފް

ބައިނަލްއަގުވާމީ ފަތުރުވެރިކަމެއް ދިވެހިރާއްޖޭގައި އޮންނައިރު، ހަމަ އެފެންވަރުގެ ފައިނޭންޝަލް ޕްރޮޑަކްޓްތައްވެސް ރާއްޖޭގައި އޮތުން މުހިންމު ކަމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ، ސްވައިޕް ރަސްމީކޮށް އި…

ހަނގުރާމައަށް ދިޔަ ބައެއްގެ ތެރެއިން ތުރުކީގެ ޖަލެއްގައި ތާށިވެފައި ހުރި ކުޑަކުއްޖަކާއި އެކުއްޖާގެ މަންމަ އަނބުރާ ރާއްޖެ ގެނެސްފި

ތުރުކީގައި ރާއްޖޭގެ 3 ރައްޔިތަކު ތާށިވެފައި ތިބި ކަމުގެ މައުލޫމާތު ލިބިގެން މިހާތަނަށް ކުރެވުނު މަސައްކަތުން އޭގެ ތެރެއިން ކުޑަ ކުއްޖަކާއި އެކުއްޖާގެ މަންމަ ރާއްޖެ ގެނެވިފައިވާކަމަށް ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އެޕްސްޓީން ފައިލް މައްސަލާގައި ވަހީދުއާ ގުޅޭ ތަހުގީގެއް ނުހިންގާ: އިހުސާން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، އެ ކުދިންނާއި އެތައް ބަޔަކު ބްލެކްމެއިލްކުރި ޖެފްރީ އެޕްސްޓީންއާ އެކު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ބޭއްވެވި ގުޅުމުގެ މައްސަލައާ ގުޅިގެން ޖިނާއީ ތަހުގީގެއް މިހާތަނަށް ހިނގަމުން ނުދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސ…

Loading fresh headlines…