އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ، ލީވާން އަލީ ނަސީރު އަދި މުހައްމަދު ޝަހުޒާން ޖަލަށްލީ މައްސަލަ ހައިކޯޓުން ބަލައިގެންފިއެވެ.
ހައި ކޯޓު ވެބްސައިޓުން ފެންނަގޮތުގައި ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމާ އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ، ލީވާން އަލީ ނަސީރު އަދި މުހައްމަދު ޝަހުޒާން ޖަލަށްލީ މައްސަލަ ހައިކޯޓުން ވަނީ ބަލައިގެންފަ އެވެ.ނަމަވެސް މި މައްސަލަ އަދި ކޯޓުގައި ތާވަލުކޮށްފައެއް ނުވެއެވެ.
ލީވާން އާއި ޝަހްޒާން ޖަލަށްލުމުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރިއިރު، ޖަލު ހުކުމް ތަންފީޒުކޮށް ނިމިގެން ލީވާން މިހާރު ވަނީ މިނިވަން ވެފައެވެ. އޭނާއަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، ޝަހުޒާންއަށް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. އެހެންކަމުން ޝަހުޒާން މިނިވަންވުމަށް އިތުރު 5 ދުވަސް އެބަ އޮތެވެ.
މި މައްސަލައަކީ "އަދަދު" ނޫހުން އާންމުކޮށްފައިވާ ޑޮކިއުމެންޓްރީ އަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް ކުރި ސީރިއަސް ތުހުމަތުތަކަކާއި ގުޅިގެން ހިނގި މައްސަލައެކެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަކިގޮތަކަށް އަމުރުކޮށްފައި ވަނިކޮށް ރައީސް އޮފީހުގައި ޝަހުޒާން ވަނީ ސުވާލެއް ކޮށްފައެވެ.
އެ ސުވާލަކީ އެއީ ކޯޓުގެ ގެގް އޯޑަރާއި ހިލާފު ސުވާލެއް ކަމަށް އެ ކޯޓުން ނިންމާފައިވާ އިރު، އެކަމާއި ގުޅިގެން ހަބަރެއް ލިޔުމާއިގުޅިގެންވެސް ކޯޓުން ވަނީ އެކަން ގެގް އޯޑަރާއި ހިލާފުކަމަށް ނިންމާ ލީވާން އަދި ޝަހުޒާން ޖަލަށް ލާފައެވެ.