Live 341,393 stories Updated Mar 9, 2026
Browse topics All stories

Latest stories

Live feed

ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވި ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ ފަރާތްޕުޅުން އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިރުތިޝާމް އަދާމް ބައިވެރިވެވަޑައިގެންފިއެވެ.

"އަސް ދުއްވަން ދާންވީ އައްޑު އަށް"

މިހާރު ސޯޝަލް މީޑިއާގައި އެންމެ ހޫނުކޮށް ދެކެވޭ އެއް ވާހަކައަކަށް ހަމަ ޔަގީނުން ވެސް ވާނީ އައްޑު އަށް އަސްތަކެއް ގެނައި ވާހަކަ އެވެ. މިކަން ބައެއް މީހުން ޖޯކަކަށް ނަގާ އިރު، ބައެއް މީހުން ބުނަނީ މިއީ ރިކްރިއޭޝަން ކަމަކަށް ވަރަށް ވެސް ރަނގަޅު ކަމެއް ކަމަށެވެ. އެހެންވެ "އަސް ދުއްވައިލަން އައްޑު އަށް ދ…

ހަމަލާތަކުގެ ފުޓޭޖާއި ދޮގު ވާހަކަ ފެތުރި 313 މީހަކު ގަތަރުން ހައްޔަރުކޮށްފި

އީރާނުން ގަތަރަށް ދިން އެކި ހަމަލާތަކުގެ ފުޓޭޖާއި ހަމަލާތަކާ ގުޅޭ ދޮގު ވާހަކަ ފެތުރި 313 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ގަތަރުގެ އިންޓީރިއާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިންތިޚާބު އެއްކުރަނީ ރައްޔިތުން އަޅުވެތިކޮށް ނިކަމެތިކުރަން، މި ބާރު ދޫކޮށްލައިފިނަމަ އަލުން އަނބުރާ ހޯދަން ބޮޑު އަގެއް ދައްކަން ޖެހޭނެ: އައްބާސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އާ އެމަނިކުފާނުގެ ސަރުކާރުން ދެ އިންތިޚާބު އެއްކުރަން އުޅެނީ ރައްޔިތުން އަޅުވެތިކޮށް ނިކަމެތި ކުރަން ކަމަށާ ރައްޔިތުންނަށް ލިބިފައިވާ މި ބާރު ދޫކޮށްލައިފި ނަމަ އެ ބާރު އަލުން އަނބުރާ ހޯދަން ބޮޑު އަގެއް ދައްކަން ޖެހޭނެކަން ވިސްނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެ…

އުފުލެމުންދާ ތެލުގެ އަގާ އެކު ޤައުމުތަކުން ޚަރަދު ކުޑަކުރަން ފިޔަވަޅުތަކެއް

ޔަހޫދީންނާއި އެމެރިކާ ގުޅިގެން އެއްވެސް ޙައްޤު ސަބަބަކާ ނުލައި އިސްވެ އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުކަތާވަރުގެ ބޮޑު ލޮޅުމެއް އަރައި، ޤައުމުތަކުގެ ސަރުކާރުތަކުން ކުއްލި ނުރައްކަލުގެ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ. ހަނގުރާމައިގެ ސަބަބުން ހުރްމުޛް ކަނޑުއޮ…

މެދުއިރުމަތީގައި ތިބި ޖަޕާނުގެ މީހުން ސަލާމަތްކުރުމަށް އެހީވުމަށް އެޤައުމުގެ އަސްކަރީ ބޯޓެއް ރާއްޖެއަށް ދަތުރުފަށައިފި

އެމެރިކާ އާއި، އިސްރާއީލު އަދި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން މެދުއިރުމަތީގައި ތިބި ޖަޕާނުގެ ރައްޔިތުން ސަލާމަތްކުރުމަށް އެހީތެރިވުމުގެ ގޮތުން ޖަޕާނުގެ އެއަރ ސެލްފް ޑިފެންސް ފޯސް (އޭއެސްޑީއެފް) ގެ ޓްރާންސްޕޯޓް މަތިންދާބޯޓެއް އާދީއްތަ ދުވަހު ރާއްޖެއަށް ފުރައިފިއެވެ.

ތެލުގެ ބާޒާރަށް ބޮޑު ލޮޅުމެއް، އަގުތައް %25 އަށް އުފުލިއްޖެ

ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ އިތުރަށް ފުޅާވެ، މެދުއިރުމަތީގެ މަސްރަޙް ނުތަނަވަސްވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު އެއް ދުވަހުގެ ތެރޭގައި ރެކޯޑު މިންވަރަކަށް އުފުލިއްޖެއެވެ. މާރިޗު 9 ވަނަ ދުވަހުގެ ވިޔަފާރި ފެށުނުއިރު ތެލުގެ އަގު ވަނީ %25 …

Loading fresh headlines…