އިންޓަރ މަޔާމީގެ ދަނޑުގެ ސިޑިބަރިއަކަށް މެސީގެ ނަން ދީފި
އެމެރިކާގެ މޭޖަރ ލީގުގެ ކްލަބް އިންޓަރ މަޔާމީގެ ކެޕްޓަން ލިއޮނެލް މެސީގެ ނަމުން އެ ކްލަބުގެ އައު ސްޓޭޑިއަމްގެ ސްޓޭންޑް އަކަށް ނަން ދީފި އެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ފާހަގަ ކުރެވޭ އުމުރުން 38 އަހަރުގެ މެސީ އިންޓަރ މަޔާމީ އާއި ގުޅިފައިވަނީ ފްރާންސްގެ ޕީއެސްޖީ އި…