Live 340,632 stories Updated Mar 28, 2026
Browse topics All stories

Latest stories

Live feed

މެދުއިރުމަތީގެ ހަނގުރާމައާ ބެހޭ ގޮތުން ޕާކިސްތާން، ސައޫދީ، ތުރުކީ އަދި މިސްރުގެ ބައްދަލުވުމެއް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ބެހޭގޮތުން މަޝްވަރާކުރުމަށް ޕާކިސްތާނުގައި ސައޫދީ އަރަބިއްޔާ، ތުރުކީ އަދި މިސްރުގެ ފޮރިން މިނިސްޓަރުން ބައްދަލުކުރައްވާނެ ކަމަށް ޕާކިސްތާނުން މިއަދު ދުވަހު ބުނެފި އެވެ.

އިންޑިއާއަށް 25 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ގަންނަނީ؛ ދުރު ރާސްތާ މިސައިލް ސިސްޓަމް ހިމެނޭ

އިންޑިއާއިން ގާތްގަނޑަކަށް 25 ބިލިއަން ޑޮލަރުގެ ދިފާއީ ސާމާނު ގަތުމަށް ހުއްދަ ދީފައިވާ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ. މީގެ ތެރޭގައި ރަޝިޔާގައި އުފައްދާ އެސް-400 މަރުކާގެ ދުރު ރާސްތާ މިސައިލް ސިސްޓަމްތައް ހިމެނެ އެވެ.

ނޭޕާލުގެ ޒުވާނުންގެ މުޒާހަރާ އަނިޔާވެރިކަމާ އެކު ރޫޅާލި ކުރީގެ ބޮޑުވަޒީރު ހައްޔަރުކޮށްފި

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނޭޕާލްގައި ޒުވާނުން ކުރި މުޒާހަރާ އަނިޔާވެރިކަމާ އެކު ރޫޅާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އޭރުގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީ އާއި ކުރީގެ ހޯމް މިނިސްޓަރު ރަމޭޝް ލޭކަކު މިއަދު ހައްޔަރުކޮށްފި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.

އެއްކޯ މަތީގައި ޖެހުމުން އަނެއް ކޯ ދިއްކޮށްލާ ދަރަޖައަށް ރައްޔިތުންގެ ހާލަތު ބަދަލު ކުރަން މިސަރުކާރުން ބޭނުންވޭ: ފައްޔާޒު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޭނުންވަނީ ރައްޔިތުންގެ އެއްކޯ މަތީގައި ޖެހުމުން އަނެއް ކޯ ދިއްކޮށްލާ ދަރަޖަށް ރައްޔިތުންގެ ހާލަތު ބަދަލު ކުރަން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

"ހުރިހާ ރައީސުން ތާއީދުކުރެއްވުމަކީ ގެންނަންޖެހޭ އިސްލާހެއްކަމުގެ ދަލީލެއް ނޫން"

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަން އުޅޭ އިސްލާހަށް ރާއްޖޭގެ ވެރިކަން ކުރެއްވި ހުރިހާ ރައީސުން ތާއީދު ކުރެއްވުމަކީ އެއީ ގާނޫނު އަސާސީއަށް ގެންނަންޖެހޭ ކަމަށް ފެންނަ އިސްލާހެއް ކަމުގެ ދަލީލެއް ނޫން ކަމުގައި ކެންދޫ ދާއިރާގެ ކުރީގެ މަޖިލި…

ޗާގޯސް މޮރިޝަސް އަށް ދިނުން ރާއްޖޭން ބަލައެއް ނުގަންނާނެ، ހައްގު ފުރުސަތު އިނގިރޭސި ވިލާތުން ދޭނެ ކަމުގެ އުއްމީދުގައި!

ޗާގޯސްގެ ޖަޒީރާގެ ރަށްތައް މޮރިޝަސްއަށް ހަވާލުކުރަން އިނގިރޭސި ސަރުކާރުން އެކުލަވައިލަން މަސައްކަތް ކުރަމުންދާ އެއްބަސްވުން ރާއްޖޭން ބަލައިނުގަންނާނެ ކަމަށާއި މިކަމުގައި ރާއްޖޭގެ އަޑުއަހަން ހައްގު ފުރުސަތު އިނގިރޭސި ވިލާތުން ދޭނެ ކަމުގެ އުއްމީދުކުރާ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކު ރަހީނުކުރި ފަސް މީހުން ހައްޔަރު ކޮށްފި

ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް، އެ މީހާ ރަހީނުކުރި މައްސަލައަކާ ގުޅިގެން ބަންގްލަދޭޝްގެ ފަސް ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ވީޑިއޯ އެއް އާއްމުވެ ގިނަ ބައެއްގެ ފާޑު ކިޔުން އެޗްޑީސީއަށް އަމާޒުވުމުން، ވިނަރެސް ފްލެޓުގައި ހިންގި ލޯންޑްރީ ފެކްޓްރީ މަސައްކަތް ހުއްޓާލާ، މެޝިންތައް ނެގުމަށް 7 ދުވަހުގެ މުއްދަތެއް ދީފި

ހުޅުމާލެ ވިނަރެސް ފްލެޓެއްގައި ލޯންޑްރީ ފެކްޓްރީ އެއް ހިންގާ މައްސަލަ ބޮޑުވުމާއެކު އެކަން ހުއްޓާލަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.

Loading fresh headlines…