Live 340,626 stories Updated Mar 29, 2026
Browse topics All stories

Latest stories

Live feed

ވިނަރެސްގެ އެޕާޓްމެންޓެއްގައި ހިންގަމުން އަންނަ ލޯންޑްރީ ހުއްޓާލަން އަންގައިފި

ވިނަރެސް ފްލެޓްގެ އެޕާޓްމަންޓެއް ލޯންޑްރީ ސަރވިސް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރާ މައްސަލައެއް ފެންމަތިވެ އެ ލޯންޑްރީ ހުއްޓާލުމަށް އެޗްޑީސީން އެ އެޕާޓްމަންޓްގެ ވެރިފަރާތަށް އަންގައިފިއެވެ.

ޞާލިޙް އަވަހާރަވުމުގެ ހިތާމައިގައި އާއިލާއަށް ރައީސްގެ ތަޢުޒިޔާ

އައްޑޫ ސިޓީގެ ތަރައްޤީއަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާ، ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި އަޙްމަދު ޞާލިހް އަލީދީދީ އަވަހާރަވުމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އޭނާ ނިޔާވެފައިވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މި…

ޔަމަނުގެ ޙޫޘީން ހަނގުރާމައާ ގުޅި ޔަހޫދީންނަށް ޙަމަލާދެނީ

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް، ޔަމަނުގެ ހަތިޔާރު އެޅި ޙޫޘީ ޖަމާޢަތުން ވަދެ، ޔަހޫދީންގެ ނިރުބަވެރި ދައުލަތަށް ޙަމަލާތައް އަމާޒުކުރަން ފަށައިފިއެވެ. މިއީ، ފެބްރުއަރީ 28ގައި އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ނިރުބަވެރި ޢުދުވާނު ފެށި ފަހުން، ޙޫޘީން މި ހަނގުރާމ…

މެދުއިރުމަތީގެ ހަނގުރާމައާ ބެހޭ ގޮތުން ޕާކިސްތާން، ސައޫދީ، ތުރުކީ އަދި މިސްރުގެ ބައްދަލުވުމެއް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ބެހޭގޮތުން މަޝްވަރާކުރުމަށް ޕާކިސްތާނުގައި ސައޫދީ އަރަބިއްޔާ، ތުރުކީ އަދި މިސްރުގެ ފޮރިން މިނިސްޓަރުން ބައްދަލުކުރައްވާނެ ކަމަށް ޕާކިސްތާނުން މިއަދު ދުވަހު ބުނެފި އެވެ.

އިންޑިއާއަށް 25 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ގަންނަނީ؛ ދުރު ރާސްތާ މިސައިލް ސިސްޓަމް ހިމެނޭ

އިންޑިއާއިން ގާތްގަނޑަކަށް 25 ބިލިއަން ޑޮލަރުގެ ދިފާއީ ސާމާނު ގަތުމަށް ހުއްދަ ދީފައިވާ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ. މީގެ ތެރޭގައި ރަޝިޔާގައި އުފައްދާ އެސް-400 މަރުކާގެ ދުރު ރާސްތާ މިސައިލް ސިސްޓަމްތައް ހިމެނެ އެވެ.

ނޭޕާލުގެ ޒުވާނުންގެ މުޒާހަރާ އަނިޔާވެރިކަމާ އެކު ރޫޅާލި ކުރީގެ ބޮޑުވަޒީރު ހައްޔަރުކޮށްފި

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނޭޕާލްގައި ޒުވާނުން ކުރި މުޒާހަރާ އަނިޔާވެރިކަމާ އެކު ރޫޅާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އޭރުގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީ އާއި ކުރީގެ ހޯމް މިނިސްޓަރު ރަމޭޝް ލޭކަކު މިއަދު ހައްޔަރުކޮށްފި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.

އެއްކޯ މަތީގައި ޖެހުމުން އަނެއް ކޯ ދިއްކޮށްލާ ދަރަޖައަށް ރައްޔިތުންގެ ހާލަތު ބަދަލު ކުރަން މިސަރުކާރުން ބޭނުންވޭ: ފައްޔާޒު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޭނުންވަނީ ރައްޔިތުންގެ އެއްކޯ މަތީގައި ޖެހުމުން އަނެއް ކޯ ދިއްކޮށްލާ ދަރަޖަށް ރައްޔިތުންގެ ހާލަތު ބަދަލު ކުރަން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

"ހުރިހާ ރައީސުން ތާއީދުކުރެއްވުމަކީ ގެންނަންޖެހޭ އިސްލާހެއްކަމުގެ ދަލީލެއް ނޫން"

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަން އުޅޭ އިސްލާހަށް ރާއްޖޭގެ ވެރިކަން ކުރެއްވި ހުރިހާ ރައީސުން ތާއީދު ކުރެއްވުމަކީ އެއީ ގާނޫނު އަސާސީއަށް ގެންނަންޖެހޭ ކަމަށް ފެންނަ އިސްލާހެއް ކަމުގެ ދަލީލެއް ނޫން ކަމުގައި ކެންދޫ ދާއިރާގެ ކުރީގެ މަޖިލި…

Loading fresh headlines…