Live 358,359 stories Updated Oct 24, 2026
Browse topics All stories

Latest stories

Live feed

22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 9 މީހަކު ހައްޔަރުކޮށްފި

އަޕަރ ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށް ބަޔަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ސީރިއަސް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށާފައިވާއިރު، މި މައްސަލައާ ގުޅިގެން މިހާތަނަށް ދިވެހި 9 ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

މެލާނިއާ ޓްރަމްޕްގެ މެދުވެރިވުމާއެކު އޮލެޝްކީގައި ހަމަލާތައް މެދުކަނޑާލަނީ

ރަޝިއާގެ ބާރުގެ ދަށުގައިވާ ޔޫކްރެއިންގެ އަވަށެއް ކަމުގައިވާ އޮލެޝްކީގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި ޢާންމުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމަށް ޓަކައި، އެ ސަރަހައްދުގައި ހަމަލާ ބަދަލުކުރުން ވަގުތީ ގޮތުން މެދުކަނޑައިލުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ. އެމެރިކާގެ ރައީސްގެ އަނބިކަނބަލު…

ޔަހޫދީން ހައްޔަރުކުރި އިޓަލީވިލާތުގެ އެކްޓިވިސްޓުން ދޫކޮށްލަން ގޮވާލައިފި

ހުޅަނގު އައްސޭރީގައި ޔަހޫދީ ފައުޖުތަކުން ހައްޔަރުކޮށްފައި ތިބި އިޓަލީގެ ފަސް އެކްޓިވިސްޓުން، އެއްވެސް ޝަރުޠަކާ ނުލައި ވަގުތުން މިނިވަންކުރުމަށް އިޓަލީވިލާތުގެ ސަރުކާރުން ގޮވާލައިފިއެވެ. ޔަހޫދީ ސިފައިން ހައްޔަރުކޮށްގެން ގެންގުޅޭ އިޓަލީވިލާތުގެގެ ފަސް އެކްޓިވިސްޓުންނަކީ ވެސް އަންހެނުންނެވެ. އިޓަލީވިލާ…

އަޅުގަނޑުގެ ވެރިކަމެއްގައި އުފެއްދުންތެރިކަން އިތުރުކޮށް، ދިވެހި ވިޔަފާރިތަކަށް އިސްކަންދިނުމަކީ އެންމެ ބޮޑު އަމާޒު: ފައިސަލް

އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކޮށްދިނުމާއެކު ދިވެހިންނަށް އިސްކަންދިނުމަކީ އެންމެ ބޮޑު އަމާޒު ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލައިފި

ހުޅުމާލޭ ސަހަރާގެ ބިމުއަޑިން ފެން ނުހިނދޭތީ މީހުން ވަޅުލުން މެދުކަނޑާލާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. މާލެ ސިޓީ ކައުންސިލުން ވިދާޅުވީ ހުޅުމާލެ ސަހަރާގައި ވަޅުކޮނުމުން ކަށްވަޅުގައި 8 އިންޗި އާއި 9 އިންޗިއާއި ދެމެދު ފެން އޮތުމުގެ ސަބަބުން ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުންވަނ…

ލޯނު ނަގައި ސަލާންޖެހުމުގެ ސަގާފަތް ނިމުމަކަށް ގެނެސް، އެހެން ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމަކަށް ރާއްޖެ ބަދަލުވާން ޖެހޭ: އާޒިމް

ހުރިހާ ކަމަކަށް އެހެން ގައުމުތަކުން ލޯނު ނަގައި ސަލާންޖެހުމުގެ ސަގާފަތް ނިމުމަކަށް ގެނެސް، އެހެން ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމަކަށް ރާއްޖެ ބަދަލުވާން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

Loading fresh headlines…