Live 359,704 stories Updated Aug 16, 2026
Browse topics All stories

Latest stories

Live feed

ޓޫރިޒަމް ވިޔަފާރިން ޖީއެސްޓީ ނަގާ ބިލް ބަލައިގަނެ މުޅި މަޖިލީހުގެ ކޮމެޓީއަށް

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ވިޔަފާރިތަކުން ރާއްޖެއަށް ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޓެކްސް ނެގޭ ގޮތަށް "މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު" އަށް ހުށަހެޅި އިސްލާޙުގެ ބިލު 70 މެންބަރުންގެ އަޣުލަބިއްޔަތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ.

ކަރެކްޝަންސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ލިބޭނެ: ސީޕީ

ސަރުކާރުގެ ބޯހިޔާވެހިކަމުގެ ސްކީމްތަކުގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މުވައްޒަފުންނަށް ބޯހިޔާވެހިކަން ލިބިގެންދާނެކަމުގެ ޔަގީންކަން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ދެއްވައިފިއެވެ.

ތަރައްގީގެ ބޭނުމަށް ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް ނަގާ ބިލް ފާސްކުރަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށަައިފި

ލޯކަލް ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހުންނަ ބިންތައް، މަަޝްރޫއުތައް ހިންގުމުގެ ބޭނުމަށް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރަން ހުށަހެޅި ބިލަށް ބަދަލެއް ނުގެނެސް އޮތް ގޮތަށް ފާސްކުރަން ގޮވާލާ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އީ-ޕެޓިޝަނެއްގައި ސޮއިކުރަން މިއަދު ފަށައިފި އެވެ…

ތުރަބްޒޮންސްޕޯއަށް ސަލާހް ކުޅުނު ފުރަތަމަ މެޗު އެއްވަރު

ޓާކިޝް ސުޕަރ ލިގްގައި ތުރަބްޒޮންސްޕޯއަށް މިޞްރުގެ ކެޕްޓަން މުހަންމަދު ސަލާހް ކުޅުނު ފުރަތަމަ މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ. ވޭތިވެދިޔަ 9 ސީޒަންގައި އިންގްލިޝް ޕްރިމިއަރ ލީގުގެ ލިވަޕޫލަށް ކުޅުމަށްފަހު ދާދިފަހުން ތުރަބްޒޮންސްޕޯއަށް ބަދަލުވި ސަލާހް އެޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ކަސިމްޕާސާ އާއި…

މަދުވެގެން ދެލައްކަ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި އުފެއްދުމަށް 2024 ގައި ރައީސް މުއިއްޒު އިއުލާނުކުރެއްވި އެގްރިކަލްޗަރ އެސްޓެބްލިޝްމެންޓުގެ ބިން ހިއްކަން ވެސް އަދި ނުފަށާ

މަދުވެގެން ދެލައްކަ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ރާއްޖޭގައި އުފެއްދުމަށް 2024 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި އެގްރިކަލްޗަރ އެސްޓެބްލިޝްމެންޓުގެ ބިން ހިއްކަން އަދިވެސް ނުފަށާކަމަަށް ސަރުކާރުން ބުނެފި އެވެ.

ސައުތު އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ 3 ޓީމެއް

ޕަބްޖީ ނޭޝަނަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ރާއްޖޭގެ 3 ޓީމެއް ޕަބްޖީ މޮބައިލް ސައުތު އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕް 2026ގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުޞަތު ހޯދައިފިއެވެ. ޕަބްޖީ ނޭޝަނަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވާ ތިން ޓީމަކީ ސިންޑިކޭޓް، އެލްއެންއެން އަދި ޑީސީއެމްއެވެ. މި މުބާރާތުގެ ޓައިޓް…

ދައުލަތުގައި ހިފެހެއްޓުމެއް ނެތްނަމަ ރާއްޖޭގައި ޑޮލަރު މައްސަލަ ހައްލެއް ނުވާނެ: ޝަމްހީދު

ދައުލަތުގައި ހިފަހެއްޓުމެއް ނެތްނަމަ ދިވެހި ރާއްޖޭގައި ޑޮލަރު މައްސަލައެއް ހައްލެއް ނުވާނެ ކަމަށް ކަމަށް ރައްޔިތުން މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

އެމްޑަބްލިއުއެސްސީގެ އިސްވެރިންނަށް "ލީޑަރޝިޕް އެންހާންސްމަންޓް ޕްރޮގްރާމް"

ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ކުރިއަށްގެންދިޔަ "ލީޑަރޝިޕް އެންހާންސްމަންޓް ޕްރޮގްރާމް" އެމްޑަބްލިއުއެސްސީގެ އިސްވެރިން ފުރިހަމަކޮށްފިއެވެ. "ލީޑަރޝިޕް އެންހާންސްމަންޓް ޕްރޮގްރާމް"އަކީ ގުޅިގެން މަސައްކަތްކުރުމުގެ ރޫހާއި، އަޚުލާޤާއި، ސްޓްރެޓީޖިކް ވިސްނުމުގެ އިތުރުން ސާބިތުކަން އިތުރުކުރުމަށް އެޅުނު …

އިގްތިސާދީ ހާލަތު ބޮއްސުންލާފައިވާތީ މާލިއްޔަތު ކޮމިޓީ އިން އެމްއެމްއޭއާ އެކު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި

ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތާއި، މަނިޓަރީ ސިޔާސަތުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި އެވެ.

ގެއްލުނު މީހުން ހޯދަން އެމެރިކާގެ ނޭވީ މަތިންދާބޯޓެއް ހުވަދޫ ކަނޑު ސަރަހައްދުގައި

ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް ދިޔަވެ، އަޑިއަށް ދިޔަ ސަޕްލައި ދޯނި ސަލާމަތްކުރުމުގައި އުޅެނިކޮށް ގެއްލުނު ތިން މީހުން ހޯދަން އެމެރިކާގެ ނޭވީގެ މަތިންދާބޯޓެއް ހުވަދޫ ކަނޑުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

Loading fresh headlines…