އަނގޮޅިތީމުގައި އުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީގޯނާކޮށް މަރާލާނެ ކަމަށް ބުނި މީހާގެ ބަންދަށް 15 ދުވަސް
ރ. އަނގޮޅިތީމު ގެއަކަށް ވަދެ، އެ ރަށުގެ އުމުރުން ދުވަސްވީ އަންހެނަކަށް ގަދަކަމުން ޖިންސީގޯނާކޮށް، މަރާލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލައިގައި ހައްޔަރު ކުރި މީހާ 15 ދުވަހަށް ބަންދު ކޮށްފި އެވެ.