Live 6,008 stories Updated Oct 11, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

އެކްސިޑެންޓްތަކުގެ ތަހުގީގުތައް ޒަމާނީކޮށް ހަރުދަނާ ކުރުމަށް "ސްމާޓް ޑްރޯ" ސޮފްޓްވެއަރ ބޭނުން ކުރަން ފަށައިފި

މަގުމަތީގެ އެކްސިޑެންޓްތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް، އަވަސްކުރުމަށާއި، ތަހުގީގުތަކުގެ ސައްހަކަމާއި ފަންނީ މިންގަނޑުތައް މަތިކުރުމުގެ ގޮތުން "ސްމާޓް ޑްރޯ" ޓްރެފިކް އިންވެސްޓިގޭޝަން ސޮފްޓްވެއަރ ރަސްމީކޮށް ބޭނުންކުރަން ފަށައިފި އެވެ.

އަންހެން ކުދިން ބާރުވެރިކުރުވަން ދުރުވިސްނޭ ސިޔާސަތުތަކެއް ތަންފީޒު ކުރާނަން: ރައީސް މުއިއްޒު

ސަރުކާރުގެ އަމާޒަކީ ޒުވާން އަންހެނުންނާއި އަންހެންކުދިންގެ ގާބިލުކަން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ދުރުވިސްނޭ ސިޔާސަތުތައް ތަންފީޒުކޮށް، އެފަދަ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުން ނިލަންދޫގައި އިމާރާތްކުރަން ފެށި މިސްކިތުގެ މަސައްކަތް ހުއްޓި، ވީރާނާ ވަނީ!

ފ. ނިލަންދޫގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިމާރާތް ކުރަން ފެށި މިސްކިތުގެ އަމަލީ މަސައްކަތް އެއްކޮށް ހުއްޓިފައިވާ ކަމަށް ބުނެ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައަށްފަހު އެ ސިޓީ އަލުން އާބާދުކުރުމަށް އެހީތެރިވުމާ ގުޅޭގޮތުން، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ މުޙައްމަދު އަލައްބާރު ދެއްކެވި ވާހަކަތަކަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެއްޖެ އެވެ.

ރިޔާސީ ނިޒާމުގައި ވަލިއްޔުލް އަމުރަކީ ގާނޫނުއަސާސީ، ނަމަވެސް ރައީސް މުއިއްޒު ވަނީ އެ ވަލިއްޔުލް އަމުރުގެ ބޯކަނޑާލާފައި: އަލީ ހުސެއިން

ރާއްޖޭގެ ރިޔާސީ ނިޒާމުގައި ހަގީގީ ވަލިއްޔުލް އަމުރަކީ ގާނޫނުއަސާސީ ކަމަށާއި ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު، ސުޕްރީމް ކޯޓު މެދުވެރިކޮށް އެ ވަލިއްޔުލް އަމުރުގެ "ބޯކަނޑާލާފައިވާ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އެފްޑީސީން ވަނީ ފަހި ފްލެޓުތައް ''ޖޫރިމަނާ ފްލެޓުތަކަކަށް'' ބަދަލުކޮށްފައި: ސޮބާހު

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ ފަހި ފްލެޓުތައް ''ޖޫރިމަނާ ފްލެޓުތަކަކަށް'' ބަދަލުކޮށްފައިވާ ކަމަށް ޔޫނިއަންތަކުގެ ސްޕޯކްސް ޕަރސަން ސޮބާހު ރަޝީދު ވިދާޅުވެއްޖެ އެވެ.

"އަދުގެ ރައީސުލްޖުމްހޫރިއްޔާ" އާއި "އަދުގެ ސަރުކާރު"

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންގެ ނޫސްވެރިންގެ ބައްދަލުވުންތަކާއި، ދެއްވާ އިންޓަވިއުތަކުން ފާހަގަވާ އެތައް ކަމެއް ހުރެ އެވެ. ބައެއް ވަޒީރުން ރައީސް މުއިއްޒު އަށް ސަނާކިޔާއިރު އަބަދުވެސް ބޭނުންކުރައްވާ ބައެއް ލަފްޒުތަކެއް ފާހަގަވަނީ އަދި މާ ބޮޑަށެވެ. އެގޮތުން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމ…

ނިލަންދޫ ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާ އަށް: "މަޝްރޫއުތައް ހުއްޓި، ތަރައްގީގެ އުއްމީދު ގެއްލިއްޖެ"

ފ. ނިލަންދޫގެ ތަރައްގީގެ ހާލަތާއި، ސަރުކާރުން މަޝްރޫއުތައް ކުރިއަށްދާ ގޮތާމެދު އެ ރަށުގެ އާންމު ރައްޔިތުންގެ މެދުގައި އޮތް ނުރުހުމާއި އިހުސާސްތައް އެ ރަށުގެ ރައްޔިތުން މި ވަނީ ނުހަނު ކަންބޮޑުވުމާއެކު ހިއްސާކޮށްފަ އެވެ.

ރަކީދޫ ކައުންސިލްގެ އިދާރާ އިން 2024 ވަނަ އަހަރުގެ މާލީ ބަޔާންތައް ތައްޔާރުކޮށް އޮޑިޓުކުރުމަށް ހުށަހަޅާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

ވ. ރަކީދޫ ކައުންސިލްގެ އިދާރާގެ 2024 ވަނަ އަހަރުގެ މާލީ ބަޔާންތައް ތައްޔާރުކޮށް، އޮޑިޓް ކުރުމަށް ހުށަހަޅާފައިނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

ހުޅުމާލެ ރައްޔިތުންގެ އެދުމަކީ ބީޗް ސަރަހައްދުގެ އިންތިޒާމްތައް ރަނގަޅުކުރުން، އެމްޑީޕީ ސަރުކާރެއްގައި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދޭނަން: ފައިސަލް

ހުޅުމާލެގައި ދިރިއުޅޭ ރައްޔިތުންގެ އެދުމަކީ ބީޗް ސަރަހައްދުގެ އިންތިޒާމްތައް ރަނގަޅު ކުރުން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

Loading fresh headlines…