ހުޅުމާލެގައި ދިރިއުޅޭ ރައްޔިތުންގެ އެދުމަކީ ބީޗް ސަރަހައްދުގެ އިންތިޒާމްތައް ރަނގަޅު ކުރުން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ބައްދަލުކުރެއްވުމަށްފަހު ފައިސަލް ވިދާޅުވީ، ހުޅުމާލެ ފޭސް 2 ގައި މީހުން ދިރިއުޅެން ފެށިތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށެވެ. ނަމަވެސް އެކަށީގެންވާ ގޮތަށް ހުޅުމާލެ ފޭސް 2 ގައި ދިރިއުޅެވެން ނެތް ކަމަގެ ޝަކުވާ ރައްޔިތުން ދަނީ ކުރަމުން ކަމަށް ފައިސަލް ވިދާޅުވި އެވެ.
އެގޮތުން ބީޗް ސަރަހައްދު ރަނގަޅު ފެންވަރަކަށް ތަރައްގީ ކޮށްދީފައި ނުވާކަން ފައިސަލް ފާހަގަކުރެއްވި އެވެ.
އެބޭފުޅުންނަށް ދަރިން ގޮވައިގެން މިތަނުގައި ފަސޭހަކަމާއެކު އުޅެވޭނެ ގޮތެއް ނެތުމުގެ ޝަކުވާ ދެން މިއޮތީ ހަމަފައިސަލް ނަސީމް
ފައިސަލް ވިދާޅުވީ އެމްޑީޕީ ސަރުކާރެއް އުފެދިގެން އައިސްފި ކަމުގައި ވާނަމަ އެ ވާނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރެވޭ ސަރުކާރަކަށް ކަމަށެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ފައިސަލް ވަނީ ދެއްވާފަ އެވެ.