ހަނދަށް ދިޔުން ފަދަ ކަމެއް ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި ބިއްލޫރި ޓަނަލްގެ މަސައްކަތް ކުރިޔަށް ދާކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
މާލެ އިން ފެށިގެން ފުށިދިއްގަރުފަޅު ނުވަތަ މިހާރު ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ރަސްމާލެ އާއި ހަމައަށް އަޅަން ވައުދުވެވަޑައިގެންނެވި ބިއްލޫރި ޓަނަލުގެ ދިރާސާ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.