Live 6,015 stories Updated Aug 18, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ދައުލަތުން މުސާރާއިގެ ގޮތުގައި މަހެއްގެ މައްޗަށް ހަރަދުވާ މިންވަރު އެއް ބިލިއަނުން 1.4 ބިލިއަނަށް އިތުރުވެއްޖެ: ފިނޭންސް މިނިސްޓަރު

ދައުލަތުން މުސާރާއިގެ ގޮތުގައި މަހެއްގެ މައްޗަށް ހަރަދުވާ މިންވަރު އެއް ބިލިއަނުން 1.4 ބިލިއަނަށް އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

މެރިން މިއުޒިއަމްއަކާ އެކު ޒަމާނީ ފެންވަރުގެ މެރިން ރިސަރޗް ސެންޓަރެއް ގާއިމުކުރަނީ

ސަރުކާރުގެ އިސްނެގުމުގެ ދަށުން ހ. ވައިޓްވޭވްސްގައި މިހާރު ހުރި މެރިން ރިސަރޗް ސެންޓަރު ތަޅާލައި، ޕާކިންގގެ ޚިދުމަތްތަކާއެކު ޒަމާނީ ފެންވަރުގެ މެރިން ރިސަރޗް ސެންޓަރެއް ގާއިމުކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބުނެފި އެވެ.

17 އަހަރުގެ ޚިދުމަތަށް ފަހު، ރެޑް ކްރެސެންޓުން އެޅީ މުސްތަގުބަލުގެ ބިންގާ

ދިވެހިރާއްޖޭގެ އިންސާނީ އެހީތެރިކަމުގެ މަސައްކަތްތަކުގެ ތާރީޚުގައި އައު ބާބެއް ފެށިގެން ހިނގައްޖެ އެވެ. ހިލޭ ސާބަހަށް މަސައްކަތްކުރާ އެންމެ ބޮޑު ޖަމިއްޔާ، މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ) އިން، ހުޅުމާލޭގެ ހިތްފަސޭހަ ސަރަހައްދެއްގައި ތަރައްގީކުރާ 14 ފަންގިފިލާގެ "ދަ ސްޓޭޓް ކްރެސެންޓް ޓަވަރ" …

މުއިއްޒުއާއި ޕީއެންސީއަށް ސަނާކިޔާ ޓްވީޓު ކޮށްލާކަމަށްޓަކައި މަހަކު 12،000 ރުފިޔާ މެންބަރުންނަށް އެބަދޭ: މީކާއީލް

ސަރުކާރު ކޯލިޝަންގެ މެންބަރުންނަށް ޕީއެންސީއާއި ސަރުކާރަށް ސަނާ ކިއުމުގެ މުޤާބިލެއްގެ ގޮތުން ކޮންމެ މަހަކު ފައިސާ ދެވޭކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިއަދު ފެންނަމުންދަނީ ބާރުތައް ދޫކޮށްލައި، ލާމަރުކަޒުކޮށް ޤައުމު ހިންގަން ސަރުކާރު ބިރުން އުޅޭ މަންޒަރު: ޝަމްހީދު

މިހާރުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ބާރުތައް ދޫކޮށްލުމަށް ބިރުން އުޅޭކަމަށާއި، ކައުންސިލުތަކަށް އާމްދަނީ ލިބުން ހުއްޓުވުމަކީ ސަރުކާރުގެ ބޭނުމަކަށް ވެފައިވާކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

އެސްޖޭގެ ބިޑުތައް ބާތިލްކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ނިންމުމުން ދައުލަތުން ސުޕްރީމް ކޯޓަށް!

ސަރުކާރުން ކުރިއަށްގެންދިޔަ ހައުސިން މަޝްރޫއުތަކަކަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ބިޑުތަކެއް ނޭޝަނަލް ޓެންޑާ ބޯޑުން ބާތިލްކުރީ ގޯސްކޮށް ކަމަށް ނިންމި ނިންމުމަށް ހައި ކޯޓުން ތާއީދުކޮށްފައިވާތީ، އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރާ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިން ޓެކްސް އިތުރުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި އެވެ.

ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

ޓެކްސް ނެގޭ މުދަލާއި ޚިދުމަތް ހަމައެކަނި ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށް ޚާއްސަވެފައި އޮތް އޮތުން ނިމުމަކަށް ގެނަސް، ރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގޭ ގޮތަށް ގާނޫނު ބަދަލުކުރަން ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށ…

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 40،000 އަށް ވުރެ ގިނަ މުވައްޒަފުން، މިނިސްޓަރު ވިދާޅުވީ ވަކިކުރަނީ ވަކި ކުލައަކަށް ބަލައިގެން ނޫން ކަމަށް

އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ އެތައް މުވައްޒަފުންތަކެއް ވަޒީފާ އިން ވަކި ކުރަމުން އަންނައިރު ވެސް، ވަޒީފާ އިން މުވައްޒަފުން ވަކި ކުރަނީ ވަކި ޕާޓީއަކަށް ނުވަތަ ވަކި ފިކުރަކަށް ބަލައިގެން ނޫން ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ސިޔާސީ މަޤާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު މިނިސްޓަރު ޒަރީރު ވިދާޅެއް ނުވި، ވިދާޅުވީ ސިޔާސަތުގެ ބޭރުން އެއްވެސް މުވައްޒަފަކު ނުނަގާ ކަމަށް

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާާރުގައި ސިޔާސީ މުވައްޒަފުންގެ ގޮތުގައި އައްޔަނު ކޮށްފައިވާ މުވައްޒަފުންގެ އަދަދު ހާމަކުރެއްވުމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ދެކޮޅު ހައްދަވައިފި އެވެ.

Loading fresh headlines…