ސަރުކާރު ކޯލިޝަންގެ މެންބަރުންނަށް ޕީއެންސީއާއި
ސަރުކާރަށް ސަނާ ކިއުމުގެ މުޤާބިލެއްގެ ގޮތުން ކޮންމެ މަހަކު ފައިސާ ދެވޭކަމަށް ގަލޮޅު
ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހުގެ މަޖިލީސް ޖަލްސާގައި ވާހަކަ ދައްކަވަމުން
މީކާއީލް ވިދާޅުވީ، ޕީއެންސީއަށް ސަނާކިޔާ އަދި ރައީސް
ޑރ. މުހައްމަދު މުއިއްޒަށް ސަނާކިޔާ ޓްވީޓުުރުމުން ކޮންމެ މަހަކު ބާރަ ހާސް ރުފިޔާ ސަރުކާރު ކޯލިޝަންގެ މެންބަރުންނަށް
ދެވޭކަމަށެވެ.
މިއީ އޭނާ ދައްކަވާ ވާހަކައެއް ނޫންކަމަށާއި މިއީ މި
ސަރުކާރުގެ ސްޕޯކްސްޕަރސަން ގްރޫޕުތަކުގައި ކުރައްވާފައި ހުރި މެސެޖުކަމަށް މީކާއީލް
ވިދާޅުވި އެވެ.
ކޮންމެ މަހަކު 12،000 ރުފިޔާ ޕީއެންސީއަށް ސަނާކިޔާ،
ރައީސް މުއިއްޒަށް ސަނާކިޔާ ޓްވީޓުކޮށްލުމުގެ ގޮތުން، އޯލް އޮފް ޔޫ ވިލް ބީ
ޕެއިޑް. އޯލް އޮފް ޔޫ ވިލް ބީ ޕެއިޑް އިނގޭތޯ. މިއީ އަޅުގަނޑު ދައްކާ ވާހަކައެއް
ނޫން، މިއީ މި ސަރުކާރުގެ ސްޕޯކްސްޕަރސަން ގްރޫޕުތަކުގައި ކުރައްވާފައި ހުރި މެސެޖު،
ދެން މިއީ އޭއައިތޯ ނުވަތަ އެހެން އެއްޗެއްތޯ ނިންމަންވީ ތިބޭފުޅުންމީކާއީލް އަހުމަދު ނަސީމް
މަޖިލީހުގެ ގަވާއިދުން ލިބިދޭ ބާރުތައް ކަނޑުވާލަން
މަޖިލީހުން މަސައްކަތްކުރާއިރު އެކަމާ ގުޅިގެން އެމްޑީޕީގެ ނުހަނު ބޮޑު ކަންބޮޑުވުންތައް
އެބަހުރިކަމަށް މީކާއީލް ވިދާޅުވި އެވެ. އަދި ކުއްލި ގޮތަކަށް ގަވާއިދަށް ބަދަލު ގެނައުމަށް
ހުށަހަޅައިގެން މި ކުރަން އުޅޭކަމަކީ ލާމަރުކަޒީ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހާމެދު
މަޖިލީހަށް ލިބިފައިވާ ޕެޓިޝަން ހުއްޓުވުންކަން އެންމެންނަށް ވެސް އެނގޭކަމަށް މީކާއީލް
ވިދާޅުވި އެވެ.
މީކާއީލް ވަނީ މަޖިލީހަށް ލިބިގެންވާ ބާރުތަކަށް އަރައިނުގަތުމަށް
ޕީއެންސީގެ މެންބަރުންނަށް ގޮވާލައްވާފަ އެވެ.